ފްލޯޓިން ސިޓީއަށް ޖެހުނީ އަނބޮއްފުޅާއި ދަނބޮއްފުޅަށް ޖެހުނު ދަތުރު: ނަޝީދު

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމަށް ނިންމި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއަށް ޖެހުނީ އަނބަށްފުޅާއި ދަނބަށްފުޅަށް ޖެހުނު ދަތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފްލޯޓިން ސިޓީ ޕްރޮޖެކްޓު ސަރުކާރުން ހުއްޓުވައިފައިވާ ކަމަށް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕެއްގައި ތުހުމަތު ކުރައްވައިފައެވެ. އެގޮތުން އެ ޕްރޮޖެކްޓް ކުރިއަށް ނުގަންދަން ނިންމީ އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓެއް ކުރިއަށްގެންދަން ބޭނުންވާ ނުވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވަނީ ފްލޯޓިން ސިޓީ ޕްރޮޖެކްޓަކީ ބޮޑު އޮޅުވައިލުމެއްކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ކުރެއްވި ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލޯޓިން ސިޓީއަށް ޖެހުނީ އަނބޮއްފުޅާއި ދަނބޮއްފުޅަށް ޖެހުނު ދަތުރު ކަމަށެވެ.
"އަނބޮއްފުޅާއި ދަނބޮއްފުޅު ގަހުގައި ތާށިވުމުން ގަސް ކަނޑާލަ ނުދިން މާވަޑި، މާވަޑި ފުރޯ ފަންވަރު ބާލަ ނުދިން ކަނބުރު، ކަނބުރު އުނދުނު ގިނި ނިވާލަ ނުދިން ވާރޭ.... މީދާ ހިފާ މަދުކޮށްދޭން ކެރޭނެހޭ ބުޅާ ބުނީ ހޭވައްލާ ތައްޔާރޭ. ޓަޗް ޑޮކްލޭންޑްސްއަށް ދިމާވި ދަތުރު،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.







ކޮމެންޓް