ވަގު ޑޮލަރު ވިއްކި ދެ މީހަކު 28،000 އިން ޖޫރިމަނާކޮށްފި

ވަގޮ ޑޮލަރުތަކެއް ވިއްކި ކަމަށް، އަމިއްލަ އިއުތިރާފް އިން ސާބިތުވި ދެ މީހަކު 28،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ،
ދެ މީހުން ވަނީ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންވެ، އެ ދެ މީހުންނަށް އަދަބެއްގެ ގޮތުން ކަނޑައެޅީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އެކަމަކު އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެ މީހުން އެދުމުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ކޯޓުން ނިންމީ އެ މީހުން 28،800ރ. އިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ ދެ މަސް ތެރޭގައި ކޯޓަށް ދައްކަން އެ ހުކުމުގައި އަންގާފައިވެއެވެ.
މި ދެ މީހުންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން ކުރީ ވައިބާ ގްރޫޕެއްގައި ޑޮލަރު ވިއްކާކަން އިއުލާން ކުރުމަށް ފަހު ޕާކިސްތާނު މީހަކަށް ސައްހަ ނޫން 800 ޑޮލަރު ދިނުމަށްފަހު 16.50 ގެ ރޭޓުން އެއަށް ވާ ދިވެހި ފައިސާ ހޯދާފައިވާތީއެވެ.
