ދުނިޔެ

އެހީވެވޭނެ ގޮތްތައް ބަލަން އިންޑިއާގެ ވަފުދެއް ލަންކާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާއަށް އެހީވެވޭނެ ގޮތްތައް ބަލަން އިންޑިއާގެ ވަފުދެއް ކޮލޮމްބޯއަށް ދަތުރުކޮށްފިއެވެ.

Ads by Sosun Fihaara

މި ދަތުރުގެ ތަފްސީލް ހާމަކުރައްވަމުން ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ އިންޑިއާއިން ދޫކޮށްފައިވާ ކްރެޑިޓް ލައިންގެ ތެރެއިން 4 ބިލިޔަން ޑޮލަރު މިހާރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އިތުރު އެހީއަށް އެދިފައިވާ ކަމަށާއި އެހީތެރިވެވޭނެ ގޮތްތައް ހޯދުމަށް ނިއު ދިއްލީއިން ވަފުދެއް ޒިޔާރަތްކުރާނެ ކަމަށެވެ.

އިންޑިއާއިން ލަންކާއަށް ވަމުން ގެންދާ އެހީތެރިކަމަށް ޝުކުރު ދަންނަވަމުން ރަނިލް ވިދާޅުވީ، ލަންކާއިން އަމިއްލަ ފައިމައްޗަށް ތެދުވަން ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށާއި އިންޑިއާއަށް އަބަދު އެހީތެރިކަން ނުދެވޭނެ ކަމަށެވެ.

"އިންޑިއާއަށް އަބަދު އެހީއެއް ނުވެވޭނެ. އެމީހުންނަށް ވެސް އެހީވެވޭނީ ވަކި ވަރަކަށް،" ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ ލޯނުތައް ދައްކާނެ ގޮތެއް ލަންކާއިން ހޯދަން ޖެހޭ ކަމަށާއި އެންމެ ފަސޭހަ އަދި ރައްކާތެރި ގޮތަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީ ހޯދުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!