ޚަބަރު

ކާފިއު ވަގުތުގައި ވެސް ފަތިސް ނަމާދަށް ދެވޭނެ: އެޗްޕީއޭ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރޭގަނޑު 10 ކުން 5 އަށް ބޭރުގައި އުޅުން މަނާކުރި ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށްދާ މީހުން އިސްތިސްނާ ވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by STELCO

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ މިއަދު ފެށިގެން ކޮންމެ ރެއަކު 10 އިން ފެށިގެން ފަތިހު 5 އާއި ހަމައަށް ކާފިއު ހިންގުމަށް ނިންމާފައެވެ. އެ ވަގުތުގައި މީހުން މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

އެޗްޕީއޭ އިން ބުނީ އެ ވަގުތުގައި އަޅާފައިވާ ފިޔަވަޅުތަކުން ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަށް އިސްތިސްނާވާނެ ކަމަށެވެ.

މީގެއިތުރުން މި ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި، އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް ވެސް އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!