ޚަބަރު

ގޮންޖެހުންތައް ގިރާކޮށް އެމްޑީޕީ ދާނީ ކުރިއަށް: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގޮންޖެހުންތައް ގިރާކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދާނީ ކުރިއަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ފައްޔާޒް މި ފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ 17ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އޭނާ ވަނީ، ދިމާވާ ކޮންމެ ގޮންޖެހުމެއް ވެސް ގިރާކޮށް އެމްޑީޕީ ކުރިއަށްދާނެ ކަމަށް ވިދާޅުވެ، އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައި ވަނީ 2005ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ. އެމްޑީޕީއަކީ 48،990 މެންބަރުންގެ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!