ފައްޔާޒް ވަނީ، އެ ބަޔާނުގައި ބުނެފައިވާ ގޮތުން ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ނާކާމިޔާބުވި ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކޮށްފަ އެވެ.
އެގޮތުން, ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ އާންމުކޮށް ހުޅުވާލާފައިވާކަން ފާހަގަކުރި ކަމަށެވެ. އަދި އެކި ރަށްރަށަށް ޒިޔާރަތްކޮށް މެމްބަރުންގެ ހިޔާލު ވެސް އެ ކޮމިޓީން ހޯދުމަށް ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރޭގެ ބައްދަަލުވުމުގައި ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަންވެސް ކުރެއްވި ފައްޔާޒް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އަދި އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަން އޭނާ ހާމަކުރެއްވި އެވެ.
"މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ޗެއާޕާސަން ގައުމީ މަޖިލީހުގައި އެދިވަޑައިގެންނެވި އެވެ. އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ޗެއާޕާރސަން ވިދާޅުވިއެވެ." އެމްޑީޕީގެ ބަޔާނުގަައި ބުނެފައި ވެއެވެ.
އަދިކިރިޔާ އެމް ޑީ ޕީ ހިންގުން ހަަރުދަނާ
ކުރުމަށް މަގުޗާޓާއި، ދުވާރުމަތީޗާޓާއި،
ކުރަހަންވީ 5 އަހަރުގެ އަމިއްލަ ރަސްކަމެއް ރައިއްޔިތުންގެ މަޖިލީހުގެ
މެޖޯރިޓީއާއެކު ހިތަކަށްލިބިފާ އޮތްއިރު
ނުކުރެހުނު ޗާޓެއް މިހާރުވަކިން ކުރެހޭނެތައް! އެމް ޑީ ޕީ ރޫޅިއްޖެ ކެޔޮޮގަޑުގެ ހުރިހާވައްތަ އެކިދިމާލަށް ބުރައިގެން ހިގައްޖެ! ނެތޭގާބިލުމީހަކު
ތިބީ ދެފުއްކެހެރި، ހަރުދަނާ ޝަޚުޞިއްޔަތެއް ހުރިމީހަކުނެތޭ އެމް ޑީ ޕީ
އަކު