ޚަބަރު

3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލާން މާލޭގެ ރައްޔިތުންނަށްހުޅުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ ސަރަހައްދުން ދޫކުރަން ނިންމައިފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލައިފިއެވެ.

Ads by MWSC

މިކަމަށް ހާއްސަކޮށް ތައާރަފްކުރި "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށް މިހާރު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި މި ގޯތިތަކަށް އެދި ހުށަހެޅުމަށް އޮންލައިން ޕޯޓަލް ތައާރަފްކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދެވޭނެއެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައި ފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް

* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
* 600 އަކަފޫޓަށް ވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާ ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
* އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
* ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
* އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލައިފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް

* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
* އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން
* މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
* ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން
* މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާ ވުރެ ބޮޑުނުވުން

Ads by Allied Insurance
  1. ނާޅި

    7000 ވޯޓް ހޯދަންތޯ ؟ ކޮބައިތޯ ސަރުކާރުން ހެދި ޕޯޓަލް ފުލެޓާއި ގޯތި ބޭނުން މީހުން ރެޖުސްޓުރީވާން އޭގައި ރެޖިސްޓުރީ ކުރި މީހުން ކޮބައިތޯ ! ބަލަ މަށަށް ގޯތި ނުދީ ވޯޓް ނުދެވޭނެ ! ރަށުން ގޯތި ދޭންވީމާ ވަރަށް ޝަރުތުގިނަ މާލެން ގޯތިދޭން ޝަރުތެއް ނޯވޭ !

  2. ހުޅުމާލެއަކީ ހަމަ އެކަނި މާލެ މީހުންގެ ތަނެއްތޯ، ތަން ހިއްކީ ދިވެހިދައުލަތުގެ ބަޖެޓްން ހަރަދު ކޮށްގެން ، މާލެ ނުނަސް ފުރިފައިވާ ރައްތަށްވެސް އެބަހުރި ގޯތި ނުދެވޭ އެރައްތަކުންވެސް