ޚަބަރު

ﷲ އަށް ހަމްދުހުރި، އިތުރު 23 މީހަކު ބަލިން ރަނގަޅު ވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 23 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 23 މީހަކު މިއަދު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2693 އަށް އަރާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 153 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި، ބަންގްލަދޭޝްގެ 22 މީހަކާއި، އިންޑިއާގެ 11 މީހަކާއި މިސްރު މީހަކާއި، ޔޫކޭ މީހަކާއި ކެންޔާ މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4446 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1719 މީހުންނަށެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!