ޚަބަރު

ޔޯގާ ދުވަސް ފާހަގަ ނުކުަރަން އިސްލާމިކް މިނިސްޓްރީއަކުން ނާންގާ: ޔޫތު މިނިސްޓްރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ދުވަސް ފާހަގަ ނުކުރަން އިސްލާމިކް މިނިސްޓްރީން ޔޫތު މިނިސްޓްރީއަށް ނާންގާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޔޫތު މިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ، ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދަން ފުލުހުންކުރެން އިސްލާމިކް މިނިސްޓްރީން އެދުނު ސިޓީއެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި މަހު 21ވަނަ ދުވަހު ޔޯގާ ދުވަސް ގަލޮޅު ދަނޑުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ހަރަކާތަށް ހުރަސްއަޅައި ބަޔަކު ވަނީ ހަމަނުޖެހުން ހިންގައިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް، މިމަހު 16ވަނަ ދުވަުހ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާ މެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ބަޔާންކޮށް، ހަރަކާތް ބާއްވާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އެދިފައެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދަން އިސްލާމިކް މިނިސްޓްރީ ހިމެނޭހެން އެއްވެސް ސަރުކާރުގެ މުއައްސަސާއަކުން އަންގަވައިފައި ނުވާ ކަމަށެވެ. އަދި ދީނުގައި ހަރާމް ކުރައްވައިފައިވާ ކަންކަން މިނިސްޓްރީން ނުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވިއެވެ. އަދި ޔޯގާ ހަރަކާތުގައި ބައިވެރިވެފައި ވަނީ އެއީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވާތީ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ މައްސަލަތަކެއް ކަމުގައިވުމުން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން މިފަދަ މައްސަލަތަކުގައި ރައުޔު ނެރުއްވުމަށް ކަމާ ގުޅޭ ފަރާތްތަކަށް މިނިސްޓްރީންވަނީ ގޮވައިލައިފައެވެ.

Ads by Ooredoo
  1. ދިވެހި ރައްޔިތުން

    ކީއްވެތަ ހެޔޮ ނުވިސްނިގެން ތިއުޅެނީ.

  2. ޢަވާމެނދުރު

    ޢިސްލާމިކުމިނިސްޓަރީވެސް ވ ދޮގިހަދާތަ ވާނީތެދަކަނަމެ ހުރަދް އެޅިމީހުނަން. ތައުރީފުގެ.ބަސް ބުނުމުގެބަދަލުގާ ދީންބޭނުންލުރަނީ ހަތިޔާރަށޭނުބުނިޔ ވެސް