ޚަބަރު

ރައީސް ނަޝީދުގެ ތުހުމަތެއް: ފުލުހުންގެ ބްލެކްމެއިލް ރިންގުން 43 މީހެއްގެ ފޮޓޯ ނެގި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި އެ ރިންގުން 43 މީހެއްގެ ފޮޓޯއާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރަސްމީ ގްރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ބްލެއިކް މެއިލް ރިންގެއް ހިންގާތާ ދެ އަހަރުވެއްޖެ ކަމަށާއި ސަރުކާރު ވެސް ހިނގަނީ ބްލެކްމެއިލްކޮށްގެން ނޫނީ ލާރިދީ ގަނެގެން ކަމަށެވެ.

"43 މީހުންގެ ފޮޓޯ ނަގައިފައި އެބަހުރި. މިއީ ސަރުކާރު ހިނގާ ގޮތަކީ،" ނަޝީދު ވިދާލުވިއެވެ.

މީގެ ކުރިން ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރަށް ތުހުމަތުވާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމުން ފުލުހުން ވިދާޅުވީ އެ ވީޑިއޯގެ މައްސަލައާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަންހެނަކާއި ފިރިހެނަކާ އެކު އޮއްވައި ފެންނަ ބަރަހަނާ ފޮޓޯއެއް ވަނީ ލީކުކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭހެން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފުލުހުންކަން ނަޝީދު އިއްޔެ ވެސް ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕުގައި ނަޝީދު ވިދާޅުވީ، ފުލުހުންނާ ގުޅިގެން ގިނަ ބައެއްގެ ފޮޓޯ ނަގައިފައިވާ ކަމަށާއި އަދި އެ ފޮޓޯތައް ވެސް އާންމުންނަށް ފެންނާނެ ކަމަށެވެ. އަދި ފުލުހުންގެ އިދާރާ އިސްލާޙް ނުކުރެވުނު ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބޭބެ

    ބަލަގަ ފުލުންނަކީދިވެހިރާއްޖެދެކެލޯބިވާދިވެހި ރައްޔިތުންނޭ
    ފިރިހެންކުޅި އާއިފާހިސް ޢަމަލުން ދުރުބެތިބިނަމަ ނުވާނެއްނު؟
    އަޅެނިކަން މޮޅިއްޔާ އަހަރެމެންގެސައްހަތިކަހަލަ ފޮޓޯއެއް އަދިވީޑިއޯއެއްލީކުކޮށްލަބަލަ!
    ކަލޯތިތެޅެނީ ބަންގާޅީއަކުލައްވާ ކޮއްކޮ ގެންގުޅުނު އުއްދަޑި ބަދައެއްގަ ފިތާފުޅިއަކުހުރިހުދު ލޮނދިބޭސް އުގުޅާފަ އެއުއްދަނޑިބަދަ ބަނޑަހަގެއަށް ވަށްދާ ފޮރުވި ވީޑިއޯލީކުވެގެން އެކަން ފޮރުވާންވެގެން ނުވާ ކަމަކަށް ހަދާން ވެގެންދޯ؟
    ކަލޯދެންނުވާނެ އެކަމެއް! ދެންލަލަލަ

  2. ތެދުބަސް، ހައްގު

    ދިވެހިޕޮލިހުންގެ ބޮލުގަކޮއްމެފަދަ އިޅްޒާމެއްވެސް ތިޔަކެނެރީ ނަޝީދު އަޅުވަފާނެ ތިކަލޭގެ ވއިސް ދީފަގޮސްހުރެ މާރިޔާދީދީއަށްގުޅާފަ ޕޮލިހުންނާ ތަޅާނެ ކުދިބަޔަކުހޯދަންވީޔޭ ބުނި ކަލޭގެ މުޅިގައުމުގަ ހުޅުޖެހުމަށްފަހު ޕޮލިހުންނަށް ކުރުވާފަހުރި އަނިޔާ ތަކުގެ ވީޑިއޯ އަދިވެސް އެބަހުރި ފެއްނަން