ޚަބަރު

ރިލްވާނާއި ޔާމީންގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން ޝަރީޢަތް ނިމެންދެން ބަންދަށް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ނޫސްވެރިޔާ ރިލްވާން އަޙްމަދު ގެއްލުވައިލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކުރި 3 މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރުކުރި 3 މީހުންނަކީ މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (ބުރު އަހަނދު) އާއި މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ)ގެ އިތުރުން ދަފްތަރު، އަހްމަދު މުއާޒް، (ގަޓު މުއާ)އެވެ.

މި ތިން މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިން މީހަކު ހައްޔަރުކުރީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށް ޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަރުގެ މައްސަލަތަކާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދައިފައިވާ ރިޔާސީ ކޮމިޝަނުގެ ތަހުޤީޤާ ގުޅިގެން ކަމަށެވެ.

ރިލްވާން އަދި ޔާމީންގެ މައްސަލަތައް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް މީގެ ކުރިން އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

  1. ޗައިލްޑް ޑިފެންސް

    އިންޓެލިޖެންސް ގައި ހުރި ހެކިބަސްތަކާ ކުޅެވޭނެ ފުރުސަތު އަހަދުގެ ކޮއްކޮ ކަމަށްވާ އިންޓެލިޖެންސްގަ އުޅޭ އިބްރާހިމް އިސްމާއިލްގެ ފަރާތުން އަހަދުއަށް ވަނީ ލިބިފަ. އިޝޫގެގޮތެއްނޭނގެ އެކަމަކު އަހަދުއާ ނޫރޭ ޔަގީން. ލޮކްޑައުންތެރޭ އަހަދު އަ ނޫރޭ ވަނީ ހުޅުމާލޭގަ ކާރުތެރޭގަ އެތައް މީޓިންގ ތަކެއް ބާއްވާފަ. ކާރުގަ ނޫރޭ ކައިރިޔަށް އަންނަނީީ އަހަދު. ގަޓުމުއާގެ ގޮތެއް ނޭނގެ.