ޚަބަރު

ޝުޖާއުގެ ތުހުމަތެއް: އައިޑީ ކާޑް ޑިޒައިން ބަދަލުކުރަނީ ރިޔާސީ އިންތިޚާބުގެ ވޯޓް އޮޅުވައިލާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓް އޮޅުވައިލާން ކަމަށް މާލޭ ސިޓީ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިހާރު ބޭނުން ކުރަމުން އަންނަ އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރަން ޑީއެންއާރުއިން ވަނީ މަސައްކަތް ފަށައިފައެވެ.މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 1980ގެ ތެރޭގައި ބޭނުންކުރަން ފެށި ކާޑެވެ.

މި ޚަބަރު ޓްވީޓް ކުރައްވަމުން ޝުޖާއު ވިދާޅުވީ، އެކަން ކުރަނީ ވޯޓުން ވައްކަންކުރަން ކަމަށެވެ. އަދި އެއީ އިންޑިއާގެ ސަރުކާރުން އަންގައިގެން، ނުބައި ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ގެންގުޅެމުން އަންނަ އައިޑީކާޑު ގެންގުޅެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި މައްސަލައަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ.

"ރިޔާސީ އިންތިހާބުގެ ވައްކަން ފެށިއްޖެ. އައިޑީ ކާރޑް ބަދަލު ކުރަން އުޅެނީ ނުބައި ރޭވުމެއްގެ ތެރެއިން. ރައްޔިތުން ހޭވެރިވޭ. މިކަމާ ދެކޮޅު ހަދާ" ޝުޖާއު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓްލާން ވާނީ މިހާރުގެ އައި.ޑީ ކާޑަށް ކަމަށެވެ.

2018ވަނަ އަހަރު މިހާރު އިދިކޮޅުގައި ޕީޕީއެމް ނާކާމިޔާބުވުމާ ގުޅިގެން އިންތިޚާބު އޮޅުވައިލި ކަމަށް ދިޔައީ ބުނަމުންނެވެ. އަދި މިހާރު ވެސް އިދިކޮޅު ފަރާތްތަކުން 2018ވަނަ އަހަރުގެ އިންތިޚާބު ވަގަށް ނަގައިފައިވާ ކަމަށް ބުނެއެވެ.

Ads by Ooredoo
  1. އަމަން

    ގރ ބޯނ

  2. ސަރީފް

    އެހެންވީމަ ވައްކަން ކުރަންވެގެން ދޯ ރުފިޔާ ޗާޕްކޮށް އަލުން ޕްރިންޓް ކުރީވެސް. ކުރިން ބޭނުންކުރި ފައިސާ ކަލޭމެން ބަދަލު ކުރި ބޭނުން އަދި ކިރިޔާ މި ފަހުމް ވީ.