ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ މަޖިލީހަށް ހުށަނާޅާކަމަށް ބުނެ ނަޝީދު އިތުރުފުޅު ހައްދަވައިފި
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިފައި ނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެފަދަ މައްސަލައެއް ބަލައިނުގަތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ފާޑުވިދާޅުވުމާ ގުޅިގެން ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ފައިދާއެއް ހޯދުމަށް މަޖިލީހުގައި ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އެ ފަދައިން ކަންކުރުމުން ގެއްލުން ހުރިހައި ދިވެހިންނަށް ވެސް ވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ މަޖިލީހުގެ ސެކްރެޓިއޭޓުން ސާފު ކުރެއްވުމަށް ފަހު ވެސް ނަޝީދު ވަނީ އެ ފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
"ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާ ގުޅޭ ގޮތުން ބަހުސް ކުރުމުގެ ކުއްލި މައްސަލައެއް މިތަނަކަށް ހުށައެއް ނޭޅޭ، ހަގީގަތުގައި އެއީ މިތަނަށް ހުށަހެޅިއްޖެ ނަމަ ކޮންމެހެން ވެސް ބަލާނެ މައްސަލައެއް، އެހެން ނަމަވެސް އިއްޒަތްތެރި އެއްވެސް މެންބަރަކު އެ ބާވަތުގެ މައްސަލައެއް ހުށަހަޅައިފައެއް ނުވޭ،" ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެ ބާވަތުގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ނަޝީދު އެހެން ވިދާޅުވެފައިވީ ނަމަވެސް، މި މަހުގެ 6ވަނަ ދުވަހު ،އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވައިފައިވެއެވެ.
މި ބިލާ ދެކޮޅަށް ވޯޓް ދިން މެންބަރުންގެ ފޮޓޯއާ އެކު މީސްމީޑިއާގައި ޕޯސްޓަރުތައް ވެސް ވަނީ އާއްމުކޮށްފައެވެ. އަދި ގިނަ ބައެއްގެ ނުރުހުންވުން ވަނީ އަމާޒުކޮށްފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައަކީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވައިލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
ހުޑައަޅާއިރު ދެންވީޑިޔޯކޮންބލަ
އިތުރުފުޅޭ ؟ ދޮގުހަދައިފި!
ކޮށްކޮގޮވައިގެން އިގެރޭސި ވިލާތު ބޭސްކުރަން ހުރިއިރު
ލޯބިން ދެބެން ވަރަށްރަނގަޅަށް އަޅާލިކަމަށް ބެލެވޭ !
ލަފާ ކުރެވޭ ގޮތުން ތިޔަދެބެން ރަށާ ރަށާ މައުލޫދުކިޔާފަތިބޭނީ!
މަޖިލީހަށް ހުށަނާޅާކަމަށް އަންނި މާނަކުރީ މަޖިލީހުން އެމައްސަލަ ބަލައިގެންފަ ނުވާތީ. މިފަދަ ކަންކަމަށްކިޔާނީ “ގާނޫނީ ދޮގު ހެދުމޭ”
މަޖިލީހުގައި އަންނިގެ ރައީސްކަމުގަ މިބާވަތުގެ “ގާނޫނީ ދޮގު” ވަރަށް ގިނަފަހަރު އެބަހަދާ. އެހެންނުނަސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދޮގުހެދުން ހުއްދަކަމަށް ދޭހަވާ މޭރުމުން އެމަޖިލީހުގެ ނައިބް ރައީސް ވަނީ ވިދާޅުވެފަ. ދެން އޮތީ މިފަދަ ކަންކަމުގަ ރައްޔިތުންގެ ބަސް އިއްވުން. އެއީ މަޖިލީހުގެ ތަޅުމުގަ ވުމަށްވުރެ ދުރުކަމެއް. އެހެންވީމާ ގާނުން ލިބިދޭ އެއްވެ އުލުމުގެ މިނިވަންކަން ބޭނުންކޮށްގެން މަޖިލިސް ރައީސާ ދެކޮޅަށް މުޒާހަރާ ކުރުމަށް ރައްޔިތުންނަކަށް ހުރަހެއް ނެތް!
މަކަރުވެރި ހީލަތްތެރި ނަޝީދު. ތެދެއް ހެދެން އޮތަސް ހަދާނީ ދޮގު.
ހުޑށަނޭޅިޔަސް ަމިއްލަޔަށްމައްސަލަލާގެންވެސް ޖެހޭނެބަލައް މުސްލިމަކަން ނުވަނީތަ
މިއީ ބޮޑަށް ވައްތަރީ ނަމެއްގަ ޝަހާދަތް ކިޔައިގެން އުޅޭ މީހަކާ. ނަމާދެއް ކުރިޔަސް ކުރަނީ ދައްކަންވެގެން. މިސްކިތަށް ވަން ދުވަހުވެސް އެވާހަކަ މުޅި ޓުވިޓާގަ. މީނައަކި މުސްލިމެއްކަމަށް އަންގަން ވެގން. ފޮޓޯ ލީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯއިން ފެންން ލޫކަސް.
މުނާފިގެއް