ދުނިޔެ

ރަޝިއާއަށް އެހީވާތީ ޗައިނާގެ ފަސް ކުންފުންޏެއް ބްލެކް ލިސްޓްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާގެ އަސްކަރީ އަދި ދިފާއީ ސިނާއީ މަރުކަޒަށް ތާއީދުކޮށް، މޮސްކޯއަށް ވާގިވެރި ވެދާނެ ކަމަށް ބުނެ ޗައިނާގެ ފަސް ކުންފުންޏެއް އަންގާރަ ދުވަހު އެމެރިކާގެ ވިޔަފާރީގެ ބްލެކްލިސްޓަށް އިތުރުކޮށްފިއެވެ.

Ads by WAMCO

ޓްރޭޑް ބްލެކްލިސްޓް ބަލަހައްޓާ ކޮމާސް ޑިޕާޓްމަންޓުން ބުނީ އަމާޒުކުރި ކުންފުނިތަކުން ފެބްރުއަރީ 24ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިން އަރައިގަތުމުގެ ކުރިން ރަޝިޔާގެ އަސްކަރީ ފަރާތްތަކެއް ތަކެތި ފޯރުކޮށްދީފައިވާ ކަމަށާއި އަދި ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ރަޝިޔާގެ ކުންފުނިތަކަށް ސަޕްލައި ކުރުމަށް ކޮންޓްރެކްޓް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރަޝިޔާ، ޔޫއޭއީ، ލިތުއޭނިއާ، ޕާކިސްތާން، ސިންގަޕޫރު، އިނގިރޭސިވިލާތް، އުޒްބެކިސްތާން އަދި ވިއެޓްނާމް ފަދަ ގައުމުތަކުން އިތުރު 31 ކުންފުންޏެއް ބްލެކްލިސްޓަށް އިތުރުކޮށްފައިވާ ކަމަށް ފެޑެރަލް ރެޖިސްޓަރ އެންޓްރީގައިވެއެވެ. އިތުރުކުރި 36 ކުންފުނީގެ ތެރެއިން 25 ކުންފުންޏަކީ ޗައިނާގައި ހިންގާ ކުންފުނިތައްކަން ފާހަގަ ކޮށްލެވެއެވެ.

އެމެރިކާއިން ބުނެފައިވަނީ މި ފިޔަވަޅަކީ ރަޝިޔާއަށް ތާއީދު ކުރަން މަސައްކަތްކޮށްފި ނަމަ އެމެރިކާއިން ވެސް އެމީހުންނާ ގުޅުން ކަނޑައިލާނެ ކަމަށް ފޮނުވި މެސެޖެއް ކަމަށެވެ.

ރަޝިޔާގެ އަސްކަރިއްޔާއަށް އެހީތެރިވިކަމަށް ތުހުމަތު ކުރެވޭ ޗައިނާގެ ތިން ކުންފުންޏެއް ކަމަށްވާ ކޮނެކް އިލެކްޓްރޯނިކް ލިމިޓެޑާއި ހޮންކޮންގުގައި ހުންނަ ވޯލްޑް ޖެޓާ އަދި ލޮޖިސްޓިކްސް ލިމިޓެޑްގެ ބަހެއް މީޑިއާތަކަށް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަނެއް ދެ ކުންފުނި ކަމަށްވާ ކިންގް ޕައި ޓެކްނޮލޮޖީ ކޯ ލިމިޓެޑާއި ވިނިންކް އިލެކްޓްރޯނިކްއިން ވެސް މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!