ޝެއިޚް ފަޒްލޫނާއި ޝެއިޚް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، ފުލުހުން ހައްޔަރުކޮށްފައިވާ ޝެއިޚް އާދަމް ނިޝާނާއި ޝެއިޚް ފަޒްލޫން މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ހައްޔަރު ކުރުމަށްފަހު ދެ ޝެއިޚުންނަށް ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު މިއަދު ހަމަވުމުން، މުއްދަތު އިތުރު ކުރަން ފުލުހުން މިއަދު ވަނީ އެ ދެ ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ޝައިހް ފަޒްލޫންގެ ބަންދަށް ހަތް ދުވަސް އަދި ޝައިހް ނިޝާންގެ ބަންދަށް ތިން ދުވަސް ވަނީ ދީފައެވެ.