ޚަބަރު

ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށެއް ނުދެވޭނެ: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ވާދަކޮށްގެން، އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ނުވާނެކަމަށް، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރާނީ ކޮން ބޭފުޅެއްތޯ ކަނޑައެޅުމުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހަސަން މިހެން ވިދާޅުވެފައި ވަނީ ރައީސް ޞާލިޙްގެ ވީޑިއޯކޮޅެއް ހިއްސާ ކުރައްވަމުން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ވީޑިއޯގައި ރައީސް ޞާލިޙް ވަނީ، ހަސަން ވެސް ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނަންތައް ވިދާޅުވެ، އެ ބޭފުޅުންނަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ހަނދާން ނައްތަވައިލައްވާނޭ ބޭފުޅުން ނޫންކަމަށް ވިދާޅުވެފައެވެ. އެ ވީޑިއޯއަކީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި، އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅެކެވެ.

ވީޑިއޯކޮޅު ހިއްސާ ކުރަންވަމުން ހަސަން ވިދާޅުވީ، ރައީސްގެ ސިޔާސީ ހަޔާތްޕުޅުން ރައީސްއަށް އަޅުގަނޑު ދޫކޮށްނުލެއްވުނަސް, އަންނަ ރިޔާސީ އިންތިޚާބުގައި ރައީސްއާ އެކު މަސައްކަތްކުރާން ދަތި ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ ރައީސްއަށް އެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް." ހަސަންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާނެކަން ކެބިނެޓްގެ ގިނަ ވަޒީރުން ވަނީ ހާމަ ކުރައްވާފައެވެ.

ހަސަން ތާއީދު ކުރައްވާ، އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވެސް އިންތިޚާބަށް ޝައުޤުވެރިކަން ފާޅު ކުރައްވައިފައި ވެއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. މޮހޮނދު

    ހަސަނާ ކޮއިފުޅާ! އިސްކޮޅަށްވުރެ ބޮަޑެތި ވާހަކަ ނުދައްކަގަ!!