ޚަބަރު ޝަރުޢީ ދާއިރާ

ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެތެރެއިން

ބައެއް ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އއ.ތޮއްޑުއަށް ނިސްބަތްވާ މީހެކެވެ.

އޭނާއަށް ކުރަނީ ބިރުދެއްކުމާއި އިންޒާރުދިނުމުގެ ތުހުމަތެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

އެއީ ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިވާތީއާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެެރިކަމަށްޓަކައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން އޭނާ ވަނީ ދެ ފުލުހުންގެ ހާޒިރުގައި އޮންޑިއުޓީ ފުލުހުންނަށް އިންޒާރުދީ މަރައިލާނެކަމަށް ބުނެފައެވެ. ނަމަވެސް އެކަމަށް އިންކާރުުކުރަމުން އޭނާ ބުނީ އެއީ ދޮގެއްކަމަށާއި އޭނާއަކީ ހަކުރު ބަލި ހުންނަ މީހެއްކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!