ދުނިޔެ

ބިންހެލުމާ ގުޅިގެން އިންޑިއާގެ އިތުރު އެހީ އަފްގާނަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްގާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން އިންޑިއާގެ އިންސާނީ އެހީގެ ގޮތުގައި 2،500 ޓަނުގެ ގޮދަން ފޮނުވައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ކަސްޓަމްސްގެ ޖޮއިންޓް ކޮމިޝަނަރު ބަލްބީރު މަންގަތު ހޮނިހިރު ދުވަހު ވިދާޅުވީ އިންޑިއާއިން އަފްގާނިސްތާނަށް މިހައިތަނަށް ޖުމްލަ 36،000 ޓަނުގެ ގޮދަނުގެ ބާވަތްތައް ފޮނުވައިފައިވާ ކަމަށެވެ. އަދި ހިލޭ އެހީގެ ގޮތުގައި އަފްގާނިސްތަނަށް ދޭން އިންޑިއާއިން ވައުދުވި 50،000 ޓަނުގެ ތެރެއިން ފޮނުވަން ބާކީ އޮތީ 14،000 ޓަނުކަމަށް އެނާ ވިދާޅުވިއެވެ.

އިންޑިއާއިން ފޮނުވާ އިންސާނީ އެހީތެރިކަން ފޮނުވަނީ ޕާކިސްތާނުގެ މަގުންނެވެ. މިގޮތުން ޕާކިސްތާނުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެއްބާރުލުންދީ، އިންޑިއާގެ އެހީގެ ޓްރަކްތައް ޕާކިސްތާނުގެ ބޯޑަރުގެ ތެރެއިން ލާފައި، އަފްގާނަށް ދިއުމުގެ މަގުފަހިކޮށްދީފައެވެ.

ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި އަފްގާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ހާދިސާއަށް ފަހު ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުން ކާބޯތަކެތި ހުސްވެ، ބޯ ހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ޤައުމަކީ އިންޑިއާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!