ޚަބަރު އިޖުތިމާޢީ

މި އަހަރު ރާއްޖޭގެ އަމީރުލްހައްޖު ,ހައްޖަށް ފުރާވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރުގެ ދެމަފިރިކަނބަލުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ އަމީރުލްހައްޖު އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ ހައްޖަށް ފުރާވަޑައިގެންފިއެވެ.

Ads by STELCO

މި އަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ ފުރައިފައެވެ. މިނިސްޓަރު ޒާހިރު ހައްޖަށް ފުރާވަޑައިގެންނެވީ ހައްޖާޖީންގެ އެންމެ ފަހު ގުރޫޕާ އެކު ރޭގައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޒާހިރު އަނބިކަނބަލުން ވެސް ބައިވެރިވަޑައިގަންނަވައެވެ.

މި އަހަރު ރާއްޖޭ އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ މިނިސްޓަރު ޒާހިރު ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސައިފައެވެ. އެ ގޮތުން ރާއްޖޭގެ ހައްޖާޖީންގެ ކަންތައްތައް އެންމެ އިސްކޮށް ބަލަހައްޓަވާނީ މިނިސްޓަރު ޒާހިރެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖާޖީން ފުރާފައިވާއިރު, ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ފުރާވަޑައިގަންނަވާނެއެވެ. ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!