ޚަބަރު

ޓެކްސް ބޮޑުކުރުމަށް ފުުރުސަތު ދެވޭކަށް ނެތް، ސިޔާސީ ވަޒީފާތައް މަދުކުރޭ: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ވަގުތުު ސިޔާސީ ވަޒީފާތައް މަދު ކުރުން މާ މުހިންމު ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އާޒިމް މިހެން ވިދާޅުވެފައި ވަނީ، ސަރުކާރުގެ އާއްމުދަނީ އިތުރުކުރުމަށް ޓެކްސް އިތުރު ކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވާ އޮތް ޚަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ވިސްނުން އަދިވެސް ހުރީ ރައްޔިތުން އަތުން ފައިސާ އަތުލުމަށް ކަމަށާއި އެކަން ކުރަން މިވަގުތު ފުރުސަތު ދެވެން ނެތް ކަމަށެވެ. އަދި ސިޔާސީ ވަޒީފާތައް މަދުކޮށް، ކޮންކްރީޓަށް ކުރާ ހޭދަ މި ވަގުތައް މަޑުޖައްސާލުން މާ މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ވަޒީފާތައް މަދުކޮށް، ކޮންކްރީޓްއަށްކުރާ ހޭދަ މި ވަގުތައް މަޑުޖައްސާލުން މާ މުހިންމު. އަދިވެސް ވިސްނުން ތިޔަހުރީ ރައްޔިތުން އަތުން އަތުލުމަށް. ތިކަންކުރާކަށް މި ވަގުތު ފުރުސަތު ދެވޭކަށް ނެތް." އާޒިމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ވައްޑެ

    ތިމާމެންގެ މުސާރަ ވެސް ކުޑަކުރަން ނުކެރިގެން ތިއުޅެނީޔޯ!!

  2. ނުރަބޯ

    މަރުޙަބާ އެމްޕީ ޢާޒިމް.

  3. ޝުކޫރު

    ޓެކްސް އެއްނޫން ބޮޑުކުރަންވީ، ސަރުކާރު ކުންފުނިތަކަށް ނަގާ މުވައްޒަފުން މަދުކުރަންވީ، އަދި އެމީހުން ގެޔަށް ގެންދާ ވަގު އޯޓީ ފައިސާ ކަނޑާލަންވީ