ގޯއްޗާއި ފުލެޓް ކަށަވަރުކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން: އާޒިމް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތަކާއި ފުލެޓުތައް ޔަގީންވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަކީ މާލޭގައި ގެދޮރުގެ ދަތިކަން ދިމާވެފައި ތިބި އެންމެންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ފަށާފައިވާ ސިޔާސަތެއް ކަމަށެވެ.
މި ސިޔާސަތު ތަންފީޒުނުކުރެވުނީ ވަރަށް ބޮޑު އޮޅުވާލުންތަކެއް އޮޅުވާލުމުގެ ސަބަބުން ކަމަށާއި ރައްޔިތުންނަށް ދޮގުތަކެއް ހަދަމުން، ރައްޔިތުންނަށް ބިރުދައްކަމުން ދިއުމުގެ މައިގަނޑު ސަބަބަކަށްވީ ރައްޔިތުންނަށް މިކަމުން ބޮޑެތި ގެއްލުންތައް ލިބިގެން ދިއުން ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިއަދު އެއްވެސް ބަޔަކަށް ނޯޅޭނެ ގައުމުގެ ހާލަތެއް. އެއިރު ހެދި ދޮގުތައް މިއަދު އެންމެންނަށް އެނގިއްޖެ. އެމީހުން ބުނަމުންދިޔައީ ކިހިނެއްހޭ ނުހިއްކާ ހުރި ތަންތަނުން ގޯތި ދޭނީ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، ދެއަހަރާއި ބައި ގެއްލިގެން ދިޔަ އިރުވެސް އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލި، އެއްވެސް ވިޔަފާރިއެއް ބަނގުރޫޓްނުވެ، ރިސޯޓްތައް ހިނގަމުން ދިޔުން" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މި ޕާޓީގެ މެންބަރުން މަޖިލީހަށް ހޮވަން ޖެހޭ ސަބަބަކީ މާލޭގެ ރައްޔިތުން ބޭނުންވާ ގެދޮރު ޔަގީން ކުރެވޭނީ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ބައިތިއްބައިގެން ކަމަށްވުމުން ކަމަށެވެ.
އެމްޑީޕީގެ މެމްބަރުންނަށް ދެވޭ ވޯޓަކީ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށާއި އެހެން ބަޔަކަށް އަގުލަބިއްޔަތު ލިބުމަކީ މުސްތަގުބަލު ގެއްލިގެންދާނެ ކަަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ކުރީ ސަރުކާރުން މާލޭގެ ދަފުތަރުގެ މީހުންނަށް އުތުރުތިލަފަޅުން ވެސް ގޯތި ދީފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ކަލޭ ކޮން އނގައެއް ތަޅާކަށް ސަުކާރު އޮތީ ކަލޭ އަތުގަތަ؟ ތިމަގާމް ކަލެއަށް ލިބުނީ ކަލޭވެގެން އެމްޑީޕީ ވެގެނެއްނޫން އެކަން ތިޔަ ލާދީނީ ބައިގަނޑަށްވެސް އެނގޭނެ