ޚަބަރު

އެއް ޖިންސުން ގުޅުން ހިންގި ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ދޭން އަދާލަތުން ގޮވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށާއި، އެކަމުގައި ބައިވެރިވާ ހުރިހައި އެންމެނަށް އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަދަބު ދިނުމަށް، ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެމީހުންގެ މައްޗަށް ޝަރީއަތް ހިންގާ، ދައުވާ ސާބިތުވާ ފަރާތްތަކާ މެދު އިސްލާމީ ޝަރީއަތުގައި ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާ ކަމަށެވެ.

"އަދި މިކަމުގެ ތެރެއިން އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ވެސް އިސްލާމްދީނުގައި އައިސްފައިވާ ހައްގު ފިޔަވަޅު އެޅުމަށް ގޮވައިލަން. އަދި މާތް ﷲއަށް ބިރުވެތިވެ މިފަދަ މުޑުދާރު ފާހިޝް އަމަލުތަކުން ދުރުވެ ތިބުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން." މީގެ އިތުރުން އެފަދަ ވީޑިއޯ އަދި ފޮޓޯތައް ފެތުރުމަކީ އިޖުތިމާއީ ފޭރާން ވީދި މީސްތަކުންގެ މެދުގައި މުންކަރާތްތައް އާއްމުވުމަށް މަގުފަހިވާނެ ކަމެއްކަން ކަށަވަރު ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެއެވެ.

“މި ޒަމާނަކީ މަދަނީ އަދި އިންސާނީ ހައްގުގެ ނަމުގައި އެއްޖިއްސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމާއި އަދި މި ނޫން ވެސް އިންސާނާގެ ސަލަމާތް ބުއްދި ގަބޫލު ނުކުރާ ޣައިރު މަންތިޤީ ހުތުރު ވިސްނުންތައް މުޅި ދުނިޔޭގައި ފަތުރަން އިންތިހާއަށް މަސައްކަތްކުރާ ޒަމާނެއް،”

  1. ޑެމިރޭލް

    އިމްރާން. ކަލޭމެން ހަމަ ބުނަނީ އެންމެ ދިރުހަމެއްގެ ރިބާ އާއި 36 ޒިނޭ ކުރުމުން ލިބޭ ފާފައަށްވުރެ ބޮޑުކަމަށް .ހަމަ ޔަގީނުންވެސް 1 ޔޫއެސް ޑޮލަރައްވުރެ 1 ދިރުހަމް ގެ އަގު ދައްވާނެ. މިބުނީ ދިވެހި 15 ރުފިޔާ އަށް ވުރެ ދިރުހަމެއްގެ އަގު ދައްވާނެ. ޥިމާ އެތައް ޓްރިލިއަނު ދިރުހަމުގެ އަގު ހުރި ރިބާ މާލޭގައި ބޭންކުތަކުން ނަގާއިރު އެކަން އެންމެ ފުރަތަމަ ހުއްޓުވަބަލަ. ދެން ރަލާއި އޫރު މަސް ރާއްޖެ އަށް އެތެރެކުރުން މަނާކުރަން ގޮވާލަބަލަ. ދެން އޭގެ ފަހުން ފާހިޝް ޖިންސީ އަމަލުތައްވެސް ހުއްޓުވަން ގޮވާބަލަ.

  2. ރިބާ ގެ ދަރަނި ނުހިމެނޭ ބަޖެޓަކުން ޤައުމު ހިންގަދޭނެ ރައީސަކު ރައްޔިތުން ހޮވާބަލަ ، އޭރުން ދިރިއުޅުން ރަގަޅުވާނީ ރިބާ ކައިގެން އިޤުތިސާދު ރަގަޅެއް ނުވާނެ !

  3. ލކޖހގފދސ

    ފެނިއްޖެ ދެންފިލަ

  4. ޓަކި މޫނާ

    މަޤާމާ ފައިސާކޮޅު ގެއްލިދާނެ. ޔޫ ލައިކް މަނީ އެއްނުން ދޯ އިމްރާން؟