ގައިޑްލައިންތަކާ ހިލާފުވި 20 ތަނެއް އިއްޔެ ބަންދުކޮށްފި

ކޮވިޑާ ގުޅިގެން ހިދުމަތް ދޭ ތަންތަނުން އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ 20 ތަނެެއް އިއްޔެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފި އެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އިއްޔެ ޖުމްލަ 146 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ 20 ތަނެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ ހަތް ފިހާރައަކާއި ތިން ރެސްޓޯރެންޓާއި 8 ސެލޫން އަދި ދެ ޖިމް ކަމަށެވެ.
ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ.
މިހާރު ކުރިއަށްދާ ދެވަނަ އިންސްޕެކްޝަންގައި ބަލަނީ ކަންކަން ރަނގަޅުކޮށްފައިވޭތޯ އެވެ. ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.