ޚަބަރު

އިސްމެޖިސްޓްރޭޓް ޝިޔާމާއަށް ފިޔަވަޅު އެޅީ ގޯސްކޮށް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އިސް މެޖިސްޓްރޭޓް ސިޔާމާ

ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝިޔާމާ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް އޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފައި ވަނީ ގޯސްކޮށް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ކޮމިޓީން ނިންމައިފިއެވެ.

Ads by MWSC

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި ޖޭއެސްސީން އަޅާ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް އިސްތިއުނާފް ކުރަން އޮންނަ މަޖިލީހެވެ.

އެ މަޖިލީހުގައި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހުތާޒް ފަހުމީ އިިންނަވައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މެޖިސްޓްރޭޓް ޝިޔާމާގެ މައްޗަށް ހުށަހެޅީ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރި މީހަކު ދޫކޮށްލީ މެޖިސްޓްރޭޓް ހަގީގަތާ ހިލާފު ވާހަކައެއް ކޯޓު އަމުރުގައި ބަޔާން ކުރުމަށް ފަހު ކަމަށް ބުނެއެވެ. އެ މައްސަލަ ސާބިތުވާ ކަަމަށް ޖޭއެސްސީން މީގެ ކުރިން ނިންމިއެވެ.

އެހެން ނަމަވެސް އިސްތިއުނާފު ކޮމިޓީން އިއްޔެ ނިންމައިފައި ވަނީ ޝިޔާމާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގައި ހިމެނެނީ އިޖުރާއީ މައްސަލަތަކެއް ކަމާއި އެފަދަ މައްސަލަތައް މަތީ މަރުހަލާއެއްގެ ކޯޓުގައި އިސްތިއުނާފް ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނެތްއިރު، އޭގައި ބޭރު ފުށުން ފެންނަ އެއްވެސް ސުލޫކާ ހިލާފު ކަމެއް ފެންނަން ނެތް ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!