100 ރުފިޔާއަށް 100ޖީބީ ލިބޭ ޑޭޓާ ޕެކްއެއް އުރީދޫން

އުރީދޫއިން އީދު ބަންދަށް ހާއްސަކޮށް 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކެއް ތައާރަފްކޮށްފިއެވެ.
"ބޮޑު ޗުއްޓީ ޕެކް"ގެ ނަމުގައި ތައާރަފުކުރި މި ޕެކް އެކްޓިވޭޓުކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވޭނެއެވެ. އުރީދޫއިން ބުނީ މިއީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރަމުން ދާތީ، އާއިލާއާއި އެކުވެރިންނާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފަސޭހަކޮށްދިނުމަށް ފެށި އޮފާއެއް ކަމަށެވެ.
އުރީދޫގެ އެ އޮފާ އުރީދޫގެ މޮބައިލް އެޕާއި *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 100GB ޖެހުމަށް ފަހު 5555އަށް އެސްއެމްއެސް ކޮށްގެން ވެސް އެ ޕެކް އެކްޓިވޭޓު ކުރެވޭނެއެވެ. އުރީދޫގެ އެ އޮފާ ލިބޭނީ މި މަހުގެ 31 އާ ހަމައަށެވެ.