ޚަބަރު

އެންމެ ބޮޑު މައްސަލައަކީ އެމްޑީޕީގެ ސަރުކާރު ވައްޓައިލައި ބަޣާވާތްކުރި މީހުން ސަރުކާރުގައި ތިބުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ވައްޓައިލައި ހިންގި ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިއަދު ސަރުކާރު ތެރޭގައި އެބަތިބި ކަމަށާއި އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ކުރެއްވި ޓްވީޓެއްގައި ބޮންޑެ ވިދާޅުވީ، ބަޣާވާތުގެ އިސްވެރިން އެމްޑީޕީގެ ތޮފި އަޅައިގެން ތިބި ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ 7 ފެބްރުއަރީގައި ބަޣާވާތްކުރި ބާޣީން އެމްޑީޕީ ތޮފި އަޅައިގެން ސަރުކާރު ތެރޭން މަޖިލިސް ތެރޭން ދައުލަތް ދަވައިލާ މައްސަލަ." ބޮންޑެ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަން ވައްޓާލުމުގެ ބައިވެރިންނަކީ މިއަދުގެ ސަރުކާރުގެ ކޯލިޝަން ލީޑަރުންނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރ އިމްރާނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، ރައީސް މައުމޫން ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ކުރިން ޑީއާރުޕީގައި އުޅުއްވައިފައި، އެމްޑީޕީއަށް އައި ބައެއް ފަރާތްތަކަކީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނިކުތް މީހުންނެވެ.

Ads by Ooredoo
  1. ބީތާޔާ

    އެއްމެ ބޮޱު މއްސަލަޔަކީ އެއްޖިންސުން ގުޅުން ހިންގާ ސަރުކާރެއްވީމަ މީ.. ބީތާޔާ

  2. ބޭބެ

    ކަލޯއަށްއަދި ގަންޖާ ބޯސޮރަށް އެމްޑީޕީ ފެނުނީ އެތަށް ބަޔަކުޤްުބާންވެގެން ތިބުނާއެއްޗެއް އުފެއްދީމަ ދެންގޮސް
    ކަލޯމެން ވަދެގަނެ މުޅިރާއްެ މުގުރާލީ! ތިޔަމީހުން ރަނގަޅުވާނީ
    ބޮއިގެން ވެއްޓޭ ބަލިޖެހިފަހުރި މީހެއްހެން ނަށާފަ ޖިންސުފޮތިން ގަމީސްލާ ލޮދިފުޅިން ބަނޑަހަގެ ފުރާލީމަ
    ކޮންއަނގައެއްތިއަރުވަނީ!
    ﷲ އިރާދަފުޅުން ތިޔަމީހުންގެ ކަލާނގެއަށް ހަދައިގެންތިއުޅޭ
    ކަލޭގެ ހަކުޅިކުރިޔަށް ކުޅޭގޮތް މިހާރު އެނގިއްޖެ! ދެން ހޯހޯ