Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގެއްލިގެން ހޯދަމުން އަންނަ ރަމީޒް ދުއްވިކަމަށް ބުނާ ކެނޯ ފެނިއްޖެ

ގެއްލިގެން ހޯދަމުން އަންނަ ރަމީޒް ދުއްވިކަމަށް ބުނާ ކެނޯ ފެނިއްޖެ

ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ ފެނިފައިވާ ކަމަށެވެ. ކެނޯ ފެނިފައި ވަނީ ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގައިފައި އޮއްވައެވެ. ޑިންގީ އެންމެ ފުރަތަމަ ފެނުނީ އާންމުންގެ މީހަކަށެވެ.

ރާމިޒު އެންމެ ފަހުން އެ ރަށުން ފެނިފައި ވަނީ ޖުލައި ހަތްވަނަ ދުވަހުގެ ރޭ 7:00 ޖަހާއިރުއެވެ. ރާމިޒު އެ ރަށުގައި އޮތް ކެނޯއެއްގައި ފަލި ޖަހައިފައި އެ އަތޮޅު އެހެން ރަށަކަށް ދިޔަކަމަށް ރަށު ތެރޭގައި ކިޔައެވެ.

ރާމިޒު ހޯދަން ނ.ހެނބަދޫއާއި ކެނދިކުޅުދޫ އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު މިއަދު ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލައިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ޑޯނިއާ މަތިންދާ ބޯޓުގައި ވައިގެ މަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ވަނީ ބަލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް