ދުނިޔެ

ޗައިނާ ފަހަތަށް ޖައްސައިލައި އާބާދީ އެންމެ ގިނަ ޤައުމަކަށް އިންޑިއާ ވެދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަަށް އިންޑިއާ ވެދާނެ ކަމަށް ޔޫއެންއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

އދ.އިން ހާމަކުރި ދުނިޔޭގެ އާބާދީ އަންދާޒާ ކުރެވޭ ގޮތުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އަންނަ އަހަރު އިންޑިއާގެ އާބާދީ، މިހާރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމު، ޗައިނާއަށް ވުރެ މައްޗަށް ޖެހޭނެއެވެ.

ޗައިނާގެ އާބާދީ އިތުރު ވަމުން އަންނަނީ ވަރަށް ދަށް ރޭޓެއްގައެވެ. މިގޮތުން ދުނިޔޭގައި އެންމެ މަދުން ވިހާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. އެ ގައުމުގެ ކޮންމެ އަންހެނަކަށް ޖެހެނީ 1.15 ކުދިންނެވެ. ކޮންމެ ދެމަފިރިއަކަށް ގިނަވެގެން ހޯދޭނީ އެއް ކުއްޖެއް ކަމަށް ޗައިނާއިން ގެންގުޅުނު ސިޔާސަތު 2016ގައި ދޫކޮށްލި ނަމަވެސް އޭގެ ނުރަނގަޅު އަސަރުތައް އަދި ވެސް ދަނީ ފެންނަމުންނެވެ. ޗައިނާގެ މިހާރުގެ އާބާދީއަކީ 1.4 ބިލިޔަން މީހުންނެވެ.

އަންނަ ނޮވެމްބަރު މަހު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެ ކަމަށް މި ދިރާސާއިން ބުނެއެވެ. ނަމަވެސް 1950ގެ ފަހުން ދުނިޔޭގެ އާބާދީ މައްޗަށް ދާ ރޭޓް އެންމެ ދަށުގައި އޮތީ މިހާރުކަމަށް އދ.އިން ހާމަ ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!