އަލަމްގިރީގެ ބަންދަށް ފަސް ދުވަސް

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ހައްޔަރުކުރީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެއީ އޭނާ ދިރިއުޅޭ ގެސްޓު ހައުސްގައި ހުއްޓައެވެ.
ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތާއި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލަމްގިރީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްފައެވެ.
އަލަމްގިރި ހައްޔަރުކޮށްފައިވަނީ އޭނާއާއެކު ރާއްޖޭގެ ހައިޕްރޮފައިލް ބޭފުޅުންތަކެއް އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށެވެ. އެ ވީޑިއޯތަކުގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ މަންޒަރުތައް ފެނެއެވެ.