ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި އެއްވުމެއް ބާއްވަނީ

ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާ ހެދުމުގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް އެ ހަރަކާތަށް ހުރަސް އަޅައިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި އިހުތިޖާޖު ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހާމަކުރި ގޮތުގައި އިހުތިޖާޖު ކުރިއަށްދާނީ މިރޭ 20:30 އިން ފެށިގެން ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހެދުމުގެ ހަރަކާތާ ގުޅިގެން ޖުމްލަ 21 މީހުން ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ދީނީ ޢިލްމުވެރިންނާ އާންމުން ވެސް ހިމެނެއެވެ.
އޭގެެތެރޭގައި އައްޝައިޚް އާދަމް ނިޝާނާއި, އައްޝައިޚް ފަޟްލޫން މުޙައްމަދާއި, މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވެސް ހިމެނެއެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގައެވެ.
ދީނީ އެއްބައިވަންތަކަން ނަގާލަން އުޅޭ ސަލަފު ގުރޫޕަށް ފާރަވެރިވާންޖެހެއެވެ. އަޑީގަ ތިބެގެން ހުރިހާ ނުބައެއް ހަދާނެއެވެ.
ތިޔަވާނީ ސިޔާސީ އެއްވުމަކަށް
އެއީ އިލްމްވެރިން ހެއްޔެވެ؟ އެއީ ފައްކާ ދެ ޚަވާރިޖުންނެވެ. ފެށުނީއްސުރެންްނެވެ. ފަތަުރަނީވެސް އެފިކުރެވެ. މި ގައުމު މިފަދަ މިހުންގެ ކިބައިން ﷲ ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން
ޚަވާރިޖަކީ ކޮންއެއްޗެއްކަން އެބަ އެނގޭތަ؟