ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަމެއްނޫން: މުހުތާޒު

އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަމެއްނޫންކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނު ވިދާޅުވެއްޖެއެވެ.
މުުހުތާޒު މިހެން ވިދާޅުވީ ޢަދާލަތު ޕާޓީ އުފެދުނީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި, ޢަދާލަތު ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައިކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އިއްޔެ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މުހުތާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފަނޑުވަމުންނުދާ ކަމަށާއި އަދި އެކަމެއް ނުވެސް ކުރެވޭނެ ކަމަށެވެ.
އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަމެއްނޫންކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުހުތާޒު ވަނީ ތިމަތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި މަތިވެރި އިސްލާމްދީން ހަތިޔާރަކަށްހެދުން ގޯސްކަމަށް ވެސް ވިދާޅުވެފައެވެ.
އަދާލަތު ޕާޓީ ވެރިކަމުގެ ތެރޭގައި އޮތުމަކުންވެސް ދައުލަތުގެ ތެރޭގައި ހިގާ އިސްލާމް ދީނާއި ހިލާފު، ދީނުގެ އަސްލުތަކާއި ހިލާފު އެއްވެސް ކަމެއް މިހާތަނަކަށް ހުއްޓުވިފަކާވެސް ނުވޭ ! ރިބާ ކެއުން، ބަގުރަލާއި އޫރު މަހުގެ ވިޔަފާރިވެސް ހުއްޓުވިފަކާ ނުވޭ !