ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިންޑިއާ ޓީޗަރަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިންޑިއާ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
އެ މީހާއަކީ މާލޭ ސްކޫލެއްގައި ކިޔަވައިދެމުން އަންނަ ފިރިހެން ޓީޗަރެކެވެ. އޭނާ ޖިންސީ ގޯނާކުރީ 15 އަހަރުގެ ފިރިހެން ކުއްޖަކަށްކަމަށް މަޢުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ފުލުހަށް ހުށަހެޅުނީ މިދިޔަ ހޯމަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރުން 52 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްފައެވެ.