ޚަބަރު އިޖުތިމާޢީ

ޝައިޚް ސަމީރުގެ ވަރުގަދަ ރައްދެއް އިމްރާނަށް: ތި ކުރައްވަނީ ހުތުރުކަން ބޮޑުވެގެންވާކަމެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް އަޙްމަދު ސަމީރު. ފޮޓޯ: ސަން

ރާއްޖޭގެ ދެ ޢިލްމުވެރިއެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެމެހެއްޓުމަށް ކޯޓުގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ ޢިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ހުތުރުކަން ބޮޑުވެގެންވާކަމެއްކަމަށް ވިދާޅުވެ އައްޝައިޚް އަޙްމަދު ސަމީރު ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށް ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ޝައިޚް ސަމީރު އިމްރާނަށް ރައްދުދެއްވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށާއި, ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތްކަމަށް އިމްރާން ވިދާޅުވެފައިވަނިކޮށެވެ.

ޝައިޚް ސަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ޤައުމެއްގެ ނުފޫޒަށް ދެ ޝައިޚުންގެ ބަންދުގެ މުއްދަތު ޙައްގަކާ ނުލައި އިތުރުކޮށް ދެމެހެއްޓުމަށް ކޯޓުގައި ތަކުރާރުކޮށް އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ ޢިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ހުތުރުކަން ބޮޑުވެގެންވާކަމެއް ކަމަށެވެ.

ދެ ޝައިޚުންކަމަށް ޝައިޚް ސަމީރު އެ އިޝާރަތް ކުރައްވަނީ މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހެދުމުގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާނާއި, އައްޝައިޚް ފަޟްލޫން މުޙައްމަދަށެވެ. އެ ދެ ބޭފުޅުން ބަންދުކޮށްފައިވާއިރު ފުލުހުން ދަނީ ޝަރީޢަތް ނިމެންދެން އެ ދެ ބޭފުޅުން ބަންދުގައި ބަަހައްޓައި ދިނުމަށް ކޯޓުގައި އެދެމުންނެވެ.

  1. ހައްޖަތުލް ވަދާއުގެ ހުތުބާގައި ވަނީ އެންމެހައި ބާތިލް ކަންކަން އުވިގޮސްފައި، ތައުހީދުގެ ބިނާ ފުރިހަމަވެ ނިމިފައި އުނި އިތުރު ކުރާނެ ހަމަ އެއްކަމެއްވެސް ނެތްކަން ހާމަވެނިމިފައި، ޔޯގާއޭ ކިޔައިގެން ފަތުރަނީ ޝިރުކުގެ ފަސިދު ޢަޤީދާ !

  2. ސިހާބު

    ޢެންމެން ކިޔެވީ އެއްފޮތަކުންނޭ! ފެންނަގޮތުން ދިހަ ބާރަ ފޮތުންނޭ!

  3. ޓާކާ

    ވިސްނާ ބަޔަކަށް ހައްތަހާވެސް އިބުރަތް. އެކަކު ކިޔާނީ ގާގަނޑު ވެއްޓިއްޖެ އަނެކަކު ކިއީމަ ކިޔެނީ ވެއްޓިފައިވާ ގާގަނޑު. ކުރިންކިއިމީހާ ބުނީ އެންމެ ރަނގަޅި ތިަމަންކީ ގޮތޭ. ކީކޭ ބުނާނީ.

  4. ޢިސްލާމް ދީނުގައި، މީހުން ހަވަރަށްދީ، އަނިޔާވެރިވުން އޮންކަން ނޭގޭ. ދީނުގައި ކަންކަން އޮންނަ ގޮތް އޮޅުން ފިލުވައި ދިނުން ރަގަޅުކަމަށް އެގިފައި އޮންނަނީ، އެކަމަކު، އިލްމު ވެރިންނޭ އަމިއްލައަށް ކިޔައިގެން އުޅޭ މީހުން ހިތްވަރުދެނީ، އަނިޔާވެރިވެ، މާރާމާރީ ހިންގަން.

  5. ގުއިއްޒު

    ކޯޓުގައި ގާޒީއަކަށް އެހުރީ ބުރާންޗެކޭދޯ ސަމީރު ތިޔަ ބުނަނީ.