ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރު ކުރި ޝެއިޚުންގެ ދިފާއުގައި ނާޒިމް
ބައިނަލް އަޤްވާމީ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރު ކުރި ޝެއިޚުންގެ ދިފާއުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ނިކުންނަވައިފިއެވެ.
މިދިޔަ މަހު 21 ވަނަ ދުވަހު އިލްމުވެރީން ކަމަށްވާ އައްޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ބޭފުޅުންގެ ބަންދުގެ މުއްދަތު ދަނީ އިތުރު ކުރަމުންނެވެ.
އެކަމާ ކަންބޮޑުވުންފާޅު ކުރައްވާ މިއަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބޭފުޅުންނަށް އިންސާފު ލިބުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
ނާޒިމްގެ މި ޓްވީޓްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިޝަލް ޓްވިޓާ އެކައުންޓް ޓެގް ކުރައްވާފައެވެ.
މީގެ އިތުރުން، ނާޒިމް ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ މީހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރާތީވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު ވިޔަސް އަދި އެހެން ދިވެހި ރައްޔިތެއް ވިޔަސް، ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށް، އިންސާފު ނުލިބި ލަސްވުމަކީ ވަރަށް ބޮޑު ނާއިންސާފެއް." އެ ޓްވީޓްގައި ވިދާޅުވިއެވެ.
ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމުގެ މައްސަލާގައި ފުލުހުން ވަނީ ޖުމުލަ 19 މީހަކު ހައްޔަރު ކޮށްފައެވެ. ބައެއް މީހުންގެ ބަންދަށް ވަނީ ދެ މަސް ދުވަސް ވެސް ޖަހައިފައެވެ.
ޓެރެރިޒަމް އަކީ އާދައިގެ ކުށަކަށް ބަދަލުވީތޯ؟ މިރާއްޖޭގަ މީސްތަކުންގެ ފުރާނަ ދުއްވާލަން އުޅުން އެ މާ ބޮޑު ކަމެއް ނޫން! ކުށަކަށް މިވަނި ރިހާކުރު ފުޅި ވަގަށް ނެގުން!
ފެބުރުއަރީ 7 ގެ ދިފާއުގައި ނިކުމެ އަނެއް ބަޣާވާތް ހިންގާލަ ބަލަ.
މީހުންމެރުމާއި 100ކިލޯއިން ޑުރަގު އެތެރެކުރުމާއި އެއްޖިންސުންގުޅުންހިންގުމާއި މަގުފޭރުންފަދަމައްސަލަތަކުގައި 5ދުވަސް އިންޑިޔާމީހުންގެ އަޅުކަމަށް ހުރަސްއެޅީމަ ދެމަސްދުވަސް މައިސަރުކާރު އިންޑިޔާވީމަ ވާނީމިހެންތާ މިސްކިތަށް ހީސްލައި ކުޑކުދިންނާއި ބެހުނަސް އިންޑިޔާ މީހެއްވެއްޖެއްޔާ ހައްޔަރެއްނުކުރެވޭ އެޖެންޑާ19 ތަފާތުވާނެތާ !