ނުބައި ކަންކަން ނަހީކޮށް އެ ކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމަކީ އިސްލާމީ ދައުލަތެއްގެ މަސްއޫލިއްޔަތު: ޑރ.ޝަހީމް
ނުބައި ކަންކަން ނަހީކޮށް އެ ކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމަކީ އިސްލާމީ ދައުލަތެއްގެ މަސްއޫލިއްޔަތުކަން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަނދާން ކޮށްދެއްވައިފިއެވެ.
ޙައްޖު ސޫރަތުގެ 41 ވަނަ އާޔަތް ޓުވިޓާގައި ހިއްސާކުރައްވަމުން ޑރ.ޝަހީމް މިއަދު ވިދާޅުވީ ބިންމަތީގައި ﷲ ވެރިކަމުގެ ބާރުތައް ދެއްވުމުން ނަމާދު ޤާއިމުކޮށް, ޒަކާތްނެރެ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދީ, ހެޔޮކަންކަމަށް އަމުރުކޮށް އެ ކަންކަން ބިންމަތީގައި ޤާއިމު ކުރަންޖެހޭ ކަމަށެވެ. އަދި އެ ކަންކަމަށްފަހު ނުބައިކަންކަން ނަހީކޮށް އެ ކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމަކީ އިސްލާމީ ދައުލަތުގެ މަސްއޫލިއްޔަތެއްކަން ވެސް ހަނދާން ކޮށްދެއްވިއެވެ.
ފަހަކަށް އައިސް މި ގައުމުގައި ދަނީ ބޮޑެތި ފާހިޝް އަމަލުތައް އާންމުވަމުންނެވެ. އެ ގޮތުން އެއް ޖިންސުން ގުޅުން ހިންގުމުގެ ނުބައި ވަބާ ވެސް ދަނީ އާންމުވަމުންނެވެ. ރާއްޖޭގެ ހައިޕްރޮފައިލް ބޭފުޅުންތަކެއް ބަންގްލަދޭޝްގެ ޒުވާނަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ ވީޑިއޯތަކެއް ވެސް އާންމުވެފައިވެއެވެ. ނަމަވެސް އެފަދަ ކަންކަމަށް ފިޔަވަޅެއް އެޅިފައިނުވާތީ ސަރުކާރަށް އަންނަނީ ފާޑު އަމާޒުވަމުންނެވެ.
ލާދީނީ ސަރުކާރު ވައްޓާލާ
މާޝާﷲ.