ޚަބަރު ސިޔާސީ

ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ޙައްޤުވާނީ ޙައްޤަށް: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އިމްރާން، ރައީސް ޞާލިޙާއެކު

ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ޙައްޤުވާނީ ޙައްޤަށްކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވޭތުވެދިޔަ ދެތިން ދުވަހަކު ކުރެއްވި ޓުވީޓުތަކެއްގެ ސަބަބުން ''ހޫނުފެނަށް'' ވެއްޓިފައިވާ އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޙައްޤު ގޮތް އެއީ ޙައްޤުކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަ, ނުވަތަ މަދުވުމަކުން ނޫން ކަމަށެވެ.

އަދި ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ޙައްޤުވާނީ ޙައްޤަށް ކަމަށާއި, ޤައުމުގެ އެންމެން ތާއީދު ކުރިޔަސް ބާތިލްވާނީ ހަމަ ބާތިލަށްކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ކުރެއްވި ޓުވީޓުގައި އިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށްކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC
  1. އެންމެންވެސް ބުނަނީ އިސްލާމް ދީން ދެކެ ނުހަނު ލޯބިވަމޭ އެކަމަކު ރޭގައިވެސް ޒުވާނުންގެ ވަޒީރާއި ރައީސާއި އެންމެން ޒުވާނުން އެއްކޮށްގެން ނެށުމާއި މިއުޒިކާއި ލަވަކިޔާ މަޖާކުރީ !

  2. ނުރަބޯ

    ހޫނ ޙައްގު އޮތީ ކަލޭގެ ޖީބުގަ.

    • ކަމަނަ

      ހޫނ! ޙައްޤުވާނީ ޙައްޤައް. ނަމަވެސް ޢިމްރާން ކޮންއިރަކު ޙައްގު ބަހެއްބުނީ. ބަލަގަ ޙައްގު ބަސްބުނަން އައުލާކަން ބޮޑެތި މުންކަރާތްތައް މިރާއްޖޭގައި ހިންގަމުން ދާއިރު ކޮބާ ކޮންތާކުވީ؟؟ ޙައްގު ބަސް ދުއްވާނެ މީހަކު ނެތީދޯ. މުސާރަ ޙަލާލު ވާނެތަ؟