ދުނިޔެ

ސޮލޮމަންގައި ޗައިނާގެ މިލިޓަރީ ބޭސްއެއް އެޅުމުގެ ގާޖައެއް ނުދޭނަން: ބޮޑު ވަޒީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާއެކު ސޮލޮމަންއިން ހަދާފައިވާ ސަލާމަތީ އެއްބަވުމުގެ ދަށުން، ސޮލޮމަންގައި ޗައިނާގެ މިލިޓަރީ ބޭސްއެއް އެޅުމުގެ ގާޖައެއް ނުދޭނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު މަނާސޭ ސޮގަވަރޭ ވިދާޅުވެއްޖެއެވެ.

Ads by WAMCO

ސަލާމަތީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮގަވަރޭ ވަނީ އޭޕްރީލް މަހު ބެއިޖިންއާ އެކު އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ތަފްސީލުތައް އާންމުކޮށްފައި ނުވި ނަމަވެސް މި އެއްބަސްވުމުންގެ ދަށުން، ސޮލޮމޮންގެ ބާރުގެދަށުގައި އޮންނަ، އޮސްޓްރޭލިއާގެ އިރުއުތުރުގެ އައްސޭރިފަށުން 2،000 ކިލޯމީޓަރު (1،200 މޭލު) ދުރުގައި ޗައިނާގެ ދާއިމީ އަސްކަރީ ބޭސްއެއް ގާއިމް ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ..

މި ވާހަކަތައް ދޮގުކުރައްވަނީ ބުރާސްފަތި ދުވަހު ފިޖީގައި ބޭއްވި ޕެސިފިކް ޖަޒީރާ ގައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމެއްގައި އޭނާގެ ގައުމު ދެކުނު ޕެސިފިކްގައި ޗައިނާގެ އަސްކަރީ ބޭސްއަކަށް ވުމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު މަނަސޭ ސޮގަވަރޭ ވިދާޅުވީ ސޮލޮމަން އިން ބެއިޖިންއާއެކު ހަދާފައިވާ ސަލާމަތީ އެއްބަސްވުމުން ޗައިނާއިން ދެކުނު ޕެސިފިކް ގައުމުގައި އަސްކަރީ މަރުކަޒެއް ހަދައި، އޭނާގެ ރައްޔިތުންނަށް އަސްކަރީ ހަމަލާތަކެއް ދޭން ޖެހޭ އަމާޒުތަކަށް ހެދުމުގެ ފުރުސަތު ނުލިބޭނެ ނުދޭނެ ކަމަށެވެ..

“އަޅުގަނޑުމެން ބޭރުގެ އަސްކަރީ މަރުކަޒެއް ގާއިމްކުރާ ހިސާބުން އަޅުގަނޑުމެން ވަގުތުން ވެގެން ދަނީ ދުޝްމަނަކަށް. އަދި އަޅުގަނޑުމެންގެ ގައުމާއި އަޅުގަނޑުމެންގެ ރައްޔިތުން ވެސް އަސްކަރީ ހަމަލާތަކެއް ދޭން ޖެހިދާނެ ޓާގެޓްތަކެއްގެ ގޮތުގައި ބަލަނާނީ،” ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޮގާވަރޭ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!