ދުނިޔެ

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޗައިނާއިން ދީފައިވާ ލޯނުތައް ރީސްޓްރާ ކުރަން ބާރު އަޅާނަން: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިތަކެއް ހޯދައިދީ، ލޯނުތައް ރީ ސްޓްރަކްޗާ ކުރުމަށް ޗައިނާއަށް ބާރު އަޅާނެ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔެލެން މިހެން ވިދާޅުވީ، އިންޑޮނޭޝިއާގެ ބާލީގައި މިހާރު ކުރިޔަށްދާ ޖީ20ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޗައިނާއިންވަނީ ބޮޑެތި އަދަދުތަކުން ލޯނު ދޫކޮށްފައެވެ. ޗައިނާގެ ލޯނުތައް ވަގުތައް ނުދެއްކޭނެ ކަމުގެ ބިރު ބައެއް ޤައުމުތަކަށް ވަނީ އުފެދިފައެވެ. މި ވާހަކަތައް ފެންމަތިވެފައިވަނީ، ލަންކާއަށް ދިމާވި އިޤްތިޞާދީ ކާރިސާއާ ގުޅިގެންނެވެ.

ޗައިނާއަށް ލަންކާއަށް މަދުވެގެން ފަސް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އިންޑިއާއިން ވެސް 3.8 ބިލިއަން ޑޮލަރުގެ ލޯނު ލަންކާއަށް ލޯނު ދީފައިވާއިރު ޖަޕާނުންވަނީ މަދުވެގެން 3.5 ބިލިއަން ޑޮލަރުގެ ލޯނު ލަންކާއަށް ދީފައެވެ.

ނޫސްވެރިންގެ ބައްދަލު ކުރައްވާ ޔެލެން ވިދާޅުވީ، ލަންކާގެ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް ޗައިނާއިން ތައްޔާރަށް އޮންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

"އެ ދަރަނި އަދާކުރަން ލަންކާއިން އެ އޮތީ ސާފުކޮށް ނުކުޅެދިފައިވާ ކަމަށާއި، އަޅުގަނޑުގެ އުންމީދަކީ ޗައިނާއިން ލަންކާއާއެކު އެކު އެ ދަރަނި އަލުން އެކުލަވާލުމަށް މަސައްކަތް ކުރަން ތައްޔާރަށް އޮންނާނެ ކަމަށް" ޔެލެން ވިދާޅުވީ އިތުރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް ރީސްޓްރާ ކުރަން ވެސް ޗައިނާއަށް ބާރުއަޅުއްވާނެ ކަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!