ޚަބަރު ސިޔާސީ

ހަޤީޤީ މާނައިގައި ޖުޑިޝަރީ އިސްލާހުކުރުމުގެ ޤާބިލުކަން ހުރީ ޕީޕީއެމްގައި: މަލީހް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކުރީގެ ޔޫތު މިނިސްޓަރ މަލީހް؛ފޮޓޯ ރަައްޔިތުްންގެ މަޖިލިސް

ހަޤީޤީ މާނައިގައި ޖުޑިޝަރީ އިސްލާހުކުރުމުގެ ޤާބިލުކަން ހުރީ ޕީޕީއެމްގައިކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު އިއްޔެ ތަސްދީޤު ކުރެއްވުމާ ގުޅިގެން ވަނީ އެ ޤާނޫނަށް އަމަލުކުރަން ފަށާފައެވެ.

އެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުން ހިމެނެއެވެ. އެ ގޮތުން ހދ.ކުޅުދުށްފުށީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮތްޕާއި އައްޑޫގައި ހުންނަ ދެކުނު ގޮފި އުވާލައި, އެ ތަންތަނުން ކުރަމުން އައި މަސައްކަތްތައް ހައިކޯޓަށް ބަދަލުކޮށް, ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކުރުން ހިމެނެއެވެ.

މަލީހް ވިދާޅުވީ ކޯޓުތަކަށް އަތްބާނާ ޖުޑިޝަރީ އެމްޑީޕީގެ މުށުތެރެއަށްލުމަކީ އެ ވެރިންގެ ޒަމާންވީ ހުވަފެނެއް ކަމަށެވެ. އެ ގޮތުން އެމްޑީޕީއަށް ލިބިފައިވާ ސުޕަ މެޖޯރިޓީއާއެކު އެކަން ހާސިލްކުރެވޭތޯ އުޅެފިކަމަށް ވެސް މަލީހް ތުހުމަތު ކުރެއްވިއެވެ.

މަލީހް ވިދާޅުވީ އެއާއެކު ޖުޑިޝަރީ 25 އަަހަރު ފަހަތަށް ވައްޓާލައިފި ކަމަށެވެ.

މިހާރު ޕީޕީއެމްގައި ހުންނެވި މަލީހް ގަބޫލު ކުރައްވާ ގޮތުގައި ހަޤީޤީ މާނައިގައި ޖުޑިޝަރީ އިސްލާހުކުރުމުގެ ޤާބިލުކަން ހުރީ އެ ޕާޓީގައެެވެ.

Ads by Allied Insurance
  1. އަލިހޮއްކޮ

    އާދެ ތިޔައީ ތެދުފުޅެކެވެ. އެއީ ފުރާޅުން ޓިނުނަގައިގެން ވަދެއެވެ. އަދި އެޓާރނީ ޖެނެރަލް ސްޕްރީމްކޯރޓްގައި ދަންވަރު ޑިއުޓީ ކުރައްވައިގެންނެވެ.

  2. ދިވެހި ރައްޔިތުން

    ވޮޑަމުލާ ގިރައިގެން ބޯލި ބަޔަކަށް ކޮން ޝަރުޢީ ނިޒާމެއް އިސްލާހު ކުރެވޭނީ. ޕީޕީއެމް ގައި ތިބީ ޔާމީންގެ ކަރަށް ހަރާމް ފައިސާ އަޅާމީހުން

  3. ސިޔާސީ ވަފާތެރި ކެހިވެރިން އަދުލު އިންސާފު ރަގަޅުކުރަން އުޅެފާނެތޯ ؟ ދައުލަތުގެ މާލިއްތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން އަދުލު އިންސާފު ގެންގުޅެނީ މޮޑޭ ފުއްގަޑެއްގޮތަށް !