ދުނިޔެ

އިންޑިއާަގައި ދެ ބިލިޔަން ވެކްސިން ޖަހައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިއްޔެއާ ހަމައަށް އިންޑިއާގައި 2 މިލިޔަން ޑޮޒް ވެކްސިން ޖަހާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by WAMCO

އިންޑިއާގައި ރިކޯޑް އަދަދެއްގެ މީހުން ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް، އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ

އިންޑިއާގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ޤައުމުން ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 1 ބިލިޔަން ޑޯޒް ވެކްސިން ވަނީ ޖަހާފައެވެ.

2 ބިލިޔަން ޑޯޒް ފުރިހަމަ ކުރުން ފާހަގަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ވެކްސިނޭޝަން ޕްރޮގްރާމަކީ އެއީކަން ފާހަގަކޮށް، އެކަމުގައި އުޅުނު ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"އިންޑިއާ އަނެއްކާވެސް ތާރީޚުގެ ތެރެއަށް" މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

1.35 ބިލިއަން މީހުން ދިރިއުޅޭ އެގައުމުން ކޯވިޑްއާ ގުޅިގެން ގިނަ ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. ފަގީރު ހިސާބުތަކުގައި އުޅޭ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދިނުންވަނީ ބުރައަކަށް ވެފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އިން މަރުވި މީހުންގެ އަދަދު 525،709 އަށްވަނީ އަރާފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20،528 އިތުރުވެފައެވެ.

އެ ޤައުމުގައި ޖެހި ވެކްސިންގެ %80 ވަރަކަށް ވެކްސިނަކީ އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އަދި އެ ޤައުމުން އުފައްދާފައިވާ ކޮވަކްސިން އާއި ކޯބެވެކްސް އާއި ރަޝިޔާގެ ސްޕުޓްނިކް ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިންވެސް ޖަހާފައިވެއެެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!