ޚަބަރު ސިޔާސީ

ބިރަކާނުލައި މަޖާކުރުން ބޮޑު ކުށަކަށްނުވޭ، ޢިލްމުވެރިން ހައްގު ބަސް ބުނީމަ ޓެރަރިސްޓުންނަށް: ޖަމީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

މި ޤައުމުގައި ބިރަކާނުލައި މަޖާކުރުން ބޮޑު ކުށަކަށްނުވާ ކަމަށާއި ނަމަވެސް ޢިލްމުވެރިން ހައްގު ބަސް ބުނުމުން ވަނީ ޓެރަރިސްޓުންނަށްކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިނދުކޮޅަކަށް ވެސް މިނިވަންކަން ނަގައިލުމަކީ ބަދަލުނުދެވޭ ވަރުގެ އަނިޔާއެއް ކަމަށާއި ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ ކަށަވަރުކުރަނީ މިނިވަންކަމުގެ މި މައި ތަނބު ކަމަށެވެ.

ޖަމީލް ވިދާޅުވީ ޢިލްމުވެރިންނަށް ވަނީ ވަކި ޖަމާޢަތަކަށް ނިސްބަތްވުމުން ކަމަށް ދެކުމަކީ ބޮޑާކަމާއި ޖަހާލަތުގެ ސިފައެއް ކަމަށެވެ. ޖަމީލް އެހެން އެ ވިދާޅުވީ ޢަދާލަތު ޕާޓީއަށް ޢިޝާރަތް ކުރައްވައިކަމަށް ބެލެވެއެވެ.

ޖަލުގައި ޢިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮންތާކުތޯ؟ ބިރަކާނުލައި މަޖާކުރުން ބޮޑުކުށަކަށް ނުވޭ, އެކަމަކު ޢިލްމުވެރިން ހައްގު ބަސް ބުނެގެން ޓެރަރިސްޓުންނަށް. ކޮބައިތޯ އަނިޔާ ނުދެވި'' ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާތީ އެކަމަށް ޢިޝާރަތްކުރައްވައި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. އައްސޭޚް އަލިހޮއްކޮ

    މިކަހަލަ ޚަވާރިޖުން ބަންދުކޮށް ދީނުގައި އޮންނަ އަދަބުނުދީ ފިތުނަ ފަސާދަ އުފައްދަން ދޫކޮށްފައި ބައިތިއްބުން މާނުރައްކަލެވެ. އެއީ އަތްފައިބުރިކޮށް ސަލީބަށް އަރުވަންޖެހޭ އަދަބެކެވެ.

  2. އިގިރޭސިން އިންޑިޔާ އިސްތިއުމާރު ކުރަން އެމީހުނަށް ވާގިވެރިވާނެ ދީނީ ޝޭހުން ތަކެއް އިންޑިޔާއިން ހޯދި ރިޝްވަތު ދީގެން އެގޮތުން އިގިރޭސިންނަށް ވާގިވެރި އެކަކީ غلام أحمد قاديانى އޭގެ ފަހުން ޤާދިޔާނީ ފިރުގާ އުފެދި އެއީ އިނގިރޭސިންގެ އެންމެ މަޤުބޫލު މުސްލިމް ފިރުގާގެ ގޮތުގައި ބަލައިގަނެ އެމީހުނަށް ޖަމުއްޔަތުލް ހައިރިއްޔާ ހަދާދީ އިގިރޭސި ވިލާތުގައި ވަޒަންވެރި ކުރުވި ! ޤާދިޔާނީން މިއަދު މުސްލިމް ޤައުމުތަކުގައި އެމީހުންގެ ހަންފަތުރަމުން އެދަނީ !