ދުނިޔެ

އިންޑިއާަގައި އައު ރައީސަކު ހޮވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަވައްޓެރި އިންޑިއާގައި އައު ރައީސަކު ހޮވުމުގެ މަސައްކަތް އެ ޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ފަށައިފިއެވެ.

Ads by WAMCO

މިހާރު އެ ޤައުމުގެ ޤާނޫން ހަދާ މަޖިލީހުގައި ކުރިޔަށްދަނީ އިންޑިއާގެ 17 ވަނަ ރައީސްގެ މަގާމު ފުރުއްވާނެ ބޭފުޅަކު ކަނޑައެޅުމަށް ނެގޭ ވޯޓެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގަ އާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި މިއަދު ވޯޓުލުން ފެށީ މިއަދު ހެނދުނު 10 ޖެހުމާ އެކުގައެވެ. ގާނޫނު ހަދާ މަޖިލީހާއި ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގެ ގާތްގަނޑަކަށް 4500 މެންބަރުން ބައިވެރިވާ މި އިންތިހާބުގެ ވޯޓުލުން، މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ވޯޓުގެ ނަތީޖާ އިއުލާންކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހެވެ.

މިހާރު މަގާމުގައި ހުންނެވި ރާމް ނާތު ކޯވިންދުގެ ފަސް އަހަރުގެ ދައުރު މިމަހުގެ 24 ވަނަ ދުވަހު ހަމަވުމާ އެކު، އަލަށް އިންތިހާބުކުރާ ރައީސް، މި މަހުގެ 25 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.

ކުރިއަށް އޮތް ދައުރުގެ ރައީސްކަމުގެ މަގާމަށް މިފަހަރު ވާދަކުރައްވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ގުޅިފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓް ދްރޫޕަދީ މުރްމޫ އާއި އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޔުނައިޓެޑް އޮޕޮސިޝަންގެ ކެންޑިޑޭޓް، ކުރީގެ ޚާރިޖީ ވަޒީރު ޔަޝްވަންތު ސިންހާ އެވެ.

  1. ނާޅި

    ޤައުމުގެ އެންމެ ޝަރަފުވެރި ބޮޑުމީހާ ހޮވަނީ އެޤައުމުގެ ކަމްވޮށިގެންވާ ޤަދަރުވެރި އިލްމީ މީހުން ! އެއީ ރަގަޅުގިތަކީވެސް ! ބަޔެއް ޤައުމުތަކުގައި ރައީސު ހޮވަން ހުރިހާ މީހުން ވޯޓްދޭނެ ކަމުވޮށިގެން ނުވިޔަސް އިލްމާ ޤާބިލް ކަމެއް ނެތަސް !