ޚަބަރު

ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވޭ: ފުލުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ.ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ ހެކި ލިބިފައިވާކަމަށް ފުލުުހުން ވިދާޅުވެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް، ދިއްފުށީގައިވަނީ ގއ. ވިލިގިލީ މީހަކަށް ހަމަލާދީފައެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ، ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތް ކުރާކަމަށް ޖުލައި 14 ވަނަ ދުވަހު 18:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވި ކަމަށާއި، ނަމަވެސް އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ. ކްރައުޑް ކޮންޓްރޯލްކޮށްފައިވަނީ މާލެއިން ސިފައިން ގޮސްގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ 22 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by HDC
  1. ބުލްބުލް

    މީޑިއާތަކުން ދައްކަނީ ސިޙާމް އަކީ އެކަހަލަ ހުތުރުކަމެއް ކުރާނެ މީހެއް ނޫންކަމަށް. އޭނާ ފެބީ މަތިންތަ؟

    • މާއިގޭ

      މީހަކު ބުނާބުނުމަކަ ލިޔުން މަކީ މީހުންނަ އެވެޔާ ވާން ވަގުތު ނަގާނެ ކޮންމެކަމެގަވެސް ދޯ