ޚަބަރު ސިޔާސީ

ޢަދާލަތުގެ ޢިލްމުވެރިންނާއި ސަލަފްގެ ޢިލްމުވެރިންގެ މެދުގައި އަރައިރުން އުފައްދަން އެބަ މަސައްކަތްކުރޭ: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މެދުގައި އަރައިރުން އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ މި ހުތޫރަތްތެރި ދަނޑިވަޅުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ސަލަފްގެ ޢިލްމުވެރިންގެ މެދުގައި އަރައިރުން އުފެދުމަށް ޢިލްމުވެރިންނަށް ނަފުރަތުކުރާ ބަޔަކު ވަރަށް މަސައްކަތް ކުރަމުންދާާ ކަމަށެވެ.

އެ ކަން ފާހަގަކުރެއްްވުމަށްފަހު އިމްރާން ވަނީ ޢިލްމުވެރިން އެ ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

އިމްރާން ވަނީ ސަލަފް ޖަމްޢިއްޔާގެ ޢިލްމުވެރިންނަށް ހެޔޮ ރަޙްމަތް ލެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

Ads by HDC
  1. ކިނބޫ

    ސަލަފްގަ ތިބީ އިލްމުވެރި ހިލްމުވެރިން. އަދާލަތުގަ ތިބީ އިލްމުވެރި ޖާހިލުން. ތިކަހަލަ ބަޔަކާމެދު ވިސްނާ ފިކުރު ކުރާކަށް ސަލަފްގެ އިލްމުވެރިން ނޫޅޭ މޮޔަވެގެން.