ޚަބަރު ސިޔާސީ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެޕާޓީގެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by MWSC

އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިހާރު ހިނގަމުންދާ ދައުރުގެ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމުގެ މުއްދަތު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ.

އެހެންކަމުން އެ މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުލުވާލައިފައިވާ ކަމަށް އެމްޑީޕީގެ އިއުލާނުގައިވެއެވެ.

އެމްޑީޕީން ބުނީ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމަށް މީހުން އިންތިޚާބު ކުރުން އޮންނާނީ އޮގަސްޓު 19 ވާ ހުކުރު ދުވަހު ފެށޭ އެ ޕާޓީގެ ކޮންގްރެސްގައި ކަމަށާއި, އެ އިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށެވެ.

އެހެންކަމުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!