ދުނިޔެ

އީޔޫއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާ ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ނުވަ އަހަރު ކުރިން ހުއްޓިފައި އޮތް އިންޑިއާއާއި ހުޅަނގުގެ އިއްތިހާދު (އީޔޫ)ގެ ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް އަލުން ފަށައިފިއެވެ.

Ads by Sosun Fihaara

މިހާރުގެ ޖިއޮޕޮލިޓިކަލް ކަންބޮޑުވުންތަކުގެ ސަބަބުން ދެ ފަރާތަށް ވެސް ޚިޔާލުތަފާތުވުންތައް ހުއްޓަސް ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޖުބޫރުވެފައިވާ ކަމަށް ފެންނަ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

“އަޅުގަނޑަކަށް ހިއެއް ނުވޭ މި މަޝްވަރާތައް ފަސޭހަވާނެ ކަމަކަށް، މަޖުބޫރު ހާލަތަކީ، ޒަރޫޒީ އީޖާދެއްގެ ފެށުން ކަމުގައި ވަރަށް ގިނައިންވޭ. އިންޑިއާ އާއި އީޔޫގެ ގުޅުން ވަރުގަދަ ކުރިން ނުފެންނަ ފަދަ އަވަސް ކަމެއް ހަގީގަތުގައި ވެސް އެބައޮތް،” ޖަރުމަނުގެ އިންސްޓިޓިއުޓް ފޯ ގްލޯބަލް އެންޑް އޭރިއާ ސްޓަޑީޒް (ޖީއައިޖީއޭ) ގެ ޕްރޮފެސަރު އަދި ރައީސް އަމްރިތާ ނާރްލިކާރު ވިދާޅުވިއެވެ.

"ހަކަތައާއި ކާބޯތަކެތީގެ ސާމާނު ހަތިޔާރުގެ ގޮތުގައި ބޭނުން ކުރުމުގެ ބިރު އެބައޮތް. އަޅުގަނޑުމެންނަށް އިތުރު އިތުބާރު ހުރި ފުޑް ޗޭންތަކެއް ބޭނުންވޭ،"

އޭނާ އިތުރަށް ވިދާޅުވީ، ދެ ޤައުމަީ ވެސް ޑިމޮކްރަސީ އާއި ޕްލޫރަލިޒަމްގެ ސިޔާސީ ހަމަޖެހުން އޮންނަ ދެ ސަރަހަްއދު ކަމަށާއި ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކުން ވާނީ ހަމައެކަނި ވިޔަފާރީގެ ފައިދާތަކަށް ނޫން، ސަލާމަތީ ފައިދާތަކަށް ވެސް ވާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރު އިންޑިއާ އާއި އީޔޫއާ ދެމެދު ވިޔަފާރި ދެގުނައަށް އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، 115 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓުން ވަނީ ބުނެއެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޮޔާލް އާއި ޔޫރަޕިއަން ކޮމިޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ވަލްޑިސް ޑޮމްބްރޮވްސްކީސް ވަނީ ޖޫން މަހު ބްރަސެލްސްގައި ރަސްމީކޮށް އަލުން މަޝްވަރާތައް ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!