ޚަބަރު

ހަޑިމުޑުދާރު ފާހިޝް އަމަލުކުރި މީހުންނަށް ފިޔަވަޅު އަޅާނަން: އިމްރާން

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

މާތްﷲގެ ކޯފާ ހުށަހެޅޭފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ކުރަމުން އަންނަ މީހުންނަށް ގާނޫނުގެ ހަމަތަކުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު، ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އެކަމުގައި ޝާމިލްވާ ހުރިހާ އެންމެން ހައްޔަރުކޮށް ފިޔަވަޅު އަޅަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރާއި އިމްރާނަށް ފާޑުކިޔަމުންނެވެ.

ވޭތުވެދިޔަ ދެތިން ދުވަހަކު ކުރެއްވި ޓުވީޓުތަކެއްގެ ސަބަބުން ''ހޫނުފެނަށް'' ވެއްޓިފައިވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގެ ހުދޫދު ނެތިކޮށް، އިޖުތިމާއީ ފޭރާން ވީދައި، ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރު ވާން ފެށުމުން ގާނޫނުގެ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

"އިންޝާﷲ، [ފިޔަވަޅު އެޅުމަކީ] އަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން،" އިމްރާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަށާއި އެކަންކަމުގެ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިމްރާން ވަނީ މިފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވިއެވެ.

Ads by Ooredoo
  1. ޓަކި މޫނާ

    ވީޑިއޯ ކޮއްފަ ލީކުކޮއްލި މީހުން މިހާރުވެސް ގޯސްވެފަ އޮތީ. ކަންތަށް ކުރި މީހުން މިނިވަންކަން މަތީ ތިބީ. ޕާސްޕޯޓު ހިފެހެއްޓީމަ އަދަބު ދެވުނީ ތަ އެއީ؟

  2. ޢިމްރާންއަށް

    ޢިމްރާން ކަލޭއަށް އެމީހުންނަށް ފިޔަވަޅު އެޅޭނީ ތިމާގެ ދަށުގައި މަސައްކަތް ކުރައްވާ އެތަށްބައެއްގެ ހައްގު އަދާ ކުރެވިގެންނުތަ. ޟިކިޔަނީ އެތަށް ފުލުހުންނެތް އަދި ޕްރިޒަންގެ އޮފިސަރ އަށް ޕްރޮމޯޝަން ނުދީ ތިހިފަހައްޓަނީ .. އަދި ދުވަހެއް އަންނާނޭ… ތިކިޔާ ވިލާތު ކުޅު ކުޅުނުމީހުން ހައްޔަރު ކޮއްބަލަ ތީ ޝޭހެއްވިއްޔާމު އެމީހުންނަށް އަދަބުދީ… ދީނީ އިލްމުވެރިން ދީނުގެ މަގުގައި ހައްޤު ބަސް ބުނާ މީހުންނެއްނޫ ޖަލައްލާންވީ.. އެކަން ތިބާ ކުރަނީ ތިބާގެ ކާފިރުކަން ބޮޑު ކަމުން… ވަރަށް ސަލާން .. އިމްރާންއަށް

  3. ނާޅި

    ޔޯގާ އެއީ ފާހިޝް ޢަމަލުގެ ތެރެއިންވެސް އެންމެ މަތީ ދަރަޖައިގެ ޝިރުކާއި ހުރާފާތު އާއި ބިދުއައިގެ ތެރޭގައި ހިމެނޭ ކަމެއް ނުންތޯ ؟

  4. އެންމެ ހަޑި މުޑުދާރު ޢަމަލަކީ ޔޯގާ ފަދަ ޝިރުކުގެ ހުރާފާތު ގެ އަމަލު !