ޚަބަރު ޝަރުޢީ ދާއިރާ

ފިހާރައެއް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފަސްސަތޭކަ ރުފިޔާގެ ނޫޓުތަކެއް

މާލޭގެ ފިހާރައެއް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރާކަމަށް ފުުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ފަތިހު ކަމަށެވެ. ނަމަވެސް އެއީ ކޮން ފިހާރައެއްކަމެއް ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި, ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި, އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

Ads by Allied Insurance
  1. ރަޝީދު

    ބަންގާޅީން ވިސާނެތި މިޤައުމުގައި މިފަދަ ޖަރީމާ ހިންގަމުންދާއިރުވެސް … އިދިކޮޅުން ގޮވަނީ އިންޑިއާ އައުޓް. މި ބަނގާޅީން ބޭރުކުރަން ނުކުންނާކަށް ނުކެރޭ