ޚަބަރު

އާ ރައީސާއެކު ލަންކާ ރައްޔިތުންގެ ދަތިތައް ހައްލުވާނެ ކަމަށް އުންމީދު ކުރަން: ނަޝީދު

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ރަނިލް ނަޝީދާއެކު--

ލަންކާގެ އާ ރައީސަކަށް އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަހަސިންގް އައްޔަން ކުރުމާއެކު އެ ގައުމުގެ ރައްޔިތުންގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސްރީލަންކާގެ ޕާލިމެންޓުގައި ބުދަަ ދުވަހުގެ ހެނދުނު ނެގި ވޯޓު ރަނިލް ކާމިޔާބު ކުރެއްވީ 134 ވޯޓުންނެވެ.

ޕާލިމެންޓުން އިންތިހާބު ކުރި އާ ރައީސް މަގާމުގައި ހުންނަވާނީ ނޮވެމްބަރު 2024 އާ ހަމައަށެވެ. އެއީ އިސްތިއުފާ ދެއްވި ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުރުގެ ބާކީ ބަޔެވެ.

ރަނިލްއަށް މަރުހަބާ ދަންނަވައި ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަންކާ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި ދިވެހިން އަބަދުވެސް ތިބޭނީ ލަންކާ ރައްޔިތުންނާއެކުގައި ކަމަށެވެ.

އިގްތިސާދީ އަދި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އަވަށްޓެރި ސްރީލަންކާގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ގޮތަބަޔަ ރާޖަޕަކްސާ އިސްތިއުފާ ދެއްވީ ގައުމުން ފިއްލެވުމަށް ފަހުގަ އެވެ. ފިއްލަވަން ރާއްޖެ ވަޑައިގަތުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއިރު، އެކަމަށް ނަޝީދު އެހީތެރިވެދެއްވުމުން ނަޝީދަށް ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!