ޚަބަރު އިޖުތިމާޢީ

ސަރުކާރު ކުންފުނިތަކުން ޑޮލަރުގެ ކަޅުބާޒާރު ފުޅާކޮށްފައިވާތީ ބޮންޑެގެ ނުރުހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމު ރަޝީދު (ބޮންޑޭ)

ސަރުކާރު ކުންފުނިތަކުން ޑޮލަރުގެ ކަޅުބާޒާރު ފުޅާކޮށްފައިވާކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

ބޮންޑެ ކަންބޮޑުވުން ފާޅުކުރެއްވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ޑޮލަރު ވިއްކާނެ ފަރާތެެއް ހޯދުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެންނެވެ. ނަމަވެސް އެ އިއުލާނު މިހާރު ގެޒެޓުން ވަނީ ނަގާފައެވެ.

ބޮންޑެ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ޑޮލަރުގެ ކަޅުބާޒާރު އިތުރަށް ފުޅާކޮށް, ޤައުމުގެ ފޮރިން ރިޒާވް, ''ކޮރަޕްޝަނާއި ތާރާ ކޮންކުރީޓަށް'' ބަދަލުކުރަމުން ކަމަށެވެ.

ތަކެތީގެ އަގު އިންތިހާއަށް މައްޗަށްދާއިރު މި ކަން ހުއްޓުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނުތައް ތަންފީޒު ކުރާތަނެއް ނުފެންނަކަމަށް ބޮންޑެ ވިދާޅުވިއެވެ.

އެކަމަކު ބޮންޑެ ވަނީ ‏މާލީ ނިޒާމު ތެރެއިން ހިންގާ މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވުމަށް އެމްއެމްއޭގެ ގަވަރުނަރު ވަރަށް ބުރަ މަސަތްކަތްތަކެއް ކުރައްވާކަން ފާގަކުރައްވައިފައެވެ. އެކަން ފާހަގަކުރައްވައި ވިދާޅުވީ ލަސްނުކޮށް މިކަން ވެސް ހުއްޓުވާ ކޮޅެއްގައި ޖައްސާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!